ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މަޤާމުގެ ގިންތި: ވަގުތީ (2 އަހަރުދުވަހުގެ ކޮންޓްރެކްޓް)
އޮފީސް: އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ސެކްޝަން: A ސެކްޝަން.
ޔުނިޓް: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް.
މުސާރަ: މަހަކު -/4،465 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ
ބޭނުންވާ އަދަދު: 1 (އެކެއް)
ތަޢުލީމާއި ތަޖުރިބާ:
1– ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން، ބިޒްނަސް ލޯ، ޕަބްލިކް ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް، މެނޭޖްމަންޓް އެންޑް އޮޕަރޭޝަން، ނޮން-ޕްރޮފިޓް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2– ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޓް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކުގެ ޚުލާޞާ:
1. ބިން ބޭނުންކުރާނޭގޮތުގެ ޕްލޭން ތައްޔާރުކުރުމަށް ބިމާބެހޭ ވުޒާރާ ނުވަތަ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުން އެދިވަޑައިގަންނަވާ މަޢުލޫމާތު އެފަރާތްތަކަށް ފޮނުވުން.
2. ޤައުމީ ތަރައްޤީގެ ޕްލޭނަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވައިލައި، އަތޮޅު ކައުންސިލަށް ފޮނުވުން.
3. ރަށުން ބިންދޫކުރުމާއި، ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި، އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާބެހޭ ކަންކަން ކުރުން.
4. އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުންދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ކުރުން.
5. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓުފިކެޓު ހެއްދުމާއި، އުޅަނދުފަހަރު ރަޖިސްޓްރީކުރުމާބެހޭ ކަންކަން ކުރުން.
6. މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހޭ ހާލަތްތަކުގައި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ނެގުމަށް ދޭންޖެހޭ ބަދަލު ދިނުމާބެހޭ ކަންކަން ކުރުން.
7. ޤާނޫނާ އެއްގޮތްވާގޮތުގެމަތިން، ރަށުގެ ފަޅާއި، ފަރުފަދަ ޤުދުރަތީ ވަސީލަތްތައް ބޭނުންކުރާނޭގޮތުގެ ޕްލޭން އެކުލަވައިލުން.
8. ރަށުގެ އާބާދީގެ ތަފާސްހިސާބުތައް ބެލެހެއްޓުން.
9. ރަށަށް އަރާފައިބާ ބިދޭސީންގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ބިދޭސީންގެ ރެކޯޑުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
10. ރަށުގެ މުނިސިޕަލް ސަރވިސްއާ ގުޅޭ ޚިދުމަތްތަކުގެ މަސްކަތްތައް ކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި،އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމުގެ ކުރިން އެއްވެސް ސަބަބަކާހުރެ އިތުރު މައްސަލައެއް ނުވަތަ މަސައްކަތެއް ކުރަން ނުޖެހޭނަމަ، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި (ރަސްދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި) އޮންނާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފަވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ. ފޯމު ހުށަހަޅާނީ، އއ. ރަސްދޫ ކައުންސިލްގެ އިދާރާއަށެވެ.
އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
3. ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން (މި އިދާރާ ފިޔަވައި އެހެން އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން) އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ ގުޅާނީ، 6660714 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6660714 އެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.
28 ރަމަޟާން 1437