މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ

މި ސަރވިސްއަށް ތިރީގައި މިދަންނަވާ މަޤާމަށް އޮފިސަރުން ބޭނުންވެއްޖެއެވެ.

މަޤާމު:                     ޕްރިޒަން އޮފިސަރ

ކްލެސިފިކޭޝަން                 ޕްރިޒަންސް އޮފިސަރސް

އަސާސީ މުސާރަ                -/6050 ރުފިޔާ

މިމަޤާމަށް ލިބޭނެ އެލަވަންސްތައް:      ސަރވިސް އެލަވަންސް، ލިވިންގ އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ޔުނީފޯމު އެލަވަންސް

ޖުމްލަ މުސާރައިގެ ގޮތުގައި ލިބޭނެ މިންވަރު: -/14,649 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:         ޖަލުތަކުގައި

ބޭނުންވާ އަދަދު:                20

ޝަރުޠު

  1. ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި އަދި އިސްލާމް' އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
  2. އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
  3. 01 ސެޕްޓެންބަރު 2016 އަށް މީލާދީގޮތުން 18 އަހަރު ފުރި، 35 އަހަރު ނުވާ މީހެއް ކަމުގައިވުން. 

މަޤާމުގެ މަސްއޫލިއްޔަތު

  ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:

-  މަތީ ތަޢުލީމާއި ތަމްރީނުގެ ތަޖުރިބާ.

-  އިންޓަރވިއު މާކްސް

ވަޒީފާ ހަމަޖެއްސުމުގައި ޢަމަލުކުރާނެގޮތް:

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެގޮތް މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުންނާއި، މިސަރވިސްގެ ހެޑްއޮފީހުގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 04 އޮގަސްޓު 2016 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ). 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތް ކުރައްވާނަމަ އެހެން ތަނެއްގައި ވަޒީފާ އަދާކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން 03 މަސްނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް އަދި ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
  • 03 މަސް ހަމަނުވާ ޕޮލިސްރިކޯޑު
  • ކުށުގެ ރިކޯޑު ފޯމު. (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުޙާއެއްގެ ނަންބަރު އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ހިއުމަން ރިސޯސް ޑިޕާޓްމަންޓް 3328443 / 3312694

އީމެއިލް އެޑްރެސް: [email protected]

05 ޝައްވާލް 1437

10 ޖުލައި 2016
ހޯދާ