ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ޓެއިލަރ މޭޑް ކޮންޓްރެކްޓް މެނޭޖްމަންޓް ޓްރޭނިންގ ޕްރޮގުރާމެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް މި މިނިސްޓްރީން 16 ޖޫން 2016 ގައި ކޮށްފައިވާ ނަންބަރު (IUL)438-POLPU/438/2016/146 އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން އެ ބިޑްތައް ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
މި ޓްރޭނިންގ ޕްރޮގުރާމުގެ މަޤުޞަދަކީ މި މިނިސްޓްރީގެ މުވައްޒަފުންގެ ކޮންޓްރެކްޓް މެނޭޖްމަންޓުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ. މި ޓްރޭނިންގ ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ 10 މުވައްޒަފުންނަށެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ.
މި މަސައްކަތުގެ " ބިޑް ޑޮކިއުމަންޓް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީކުރަންވާނެއެވެ. ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 14 ޖުލައި 2016 އެވެ.
"ޕްރޮޕޯޒަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 21 ޖުލައި 2016 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: - 3018-301960+
އީމެއިލް: [email protected]
" ޕްރޮޕޯޒަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯޒަލް" މި މަސައްކަތުގެ ނަމާއި، ހުށަހެޅި ފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
