މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016– ބައިވެރިންގެ ރޭގަނޑު ފަރިއްކޮޅު

އިޢުލާން

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016ބައިވެރިންގެ ރޭގަނޑު ފަރިއްކޮޅު (16 ޖުލައި 2016)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 ޖުލައި 2016 އިން 19 ޖުލައި 2016 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން 16 ޖުލައި 2016 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ދިނުމަށް ހަމަޖެހިފައިވާ ފަރިއްކޮޅުގެ ކޭޓަރިންގ ޚިދުމަތްތައް މި އިޢުލާނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ނަންބަރު (IUL)438-RDS/1/2016/81 (16 ޖޫން 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ފަރިއްކޮޅުގެ ކޭޓަރިންގގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތްތަކާއި ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމަޖެހިފައި ހުންނަންޖެހޭގޮތް ތިރީގައި ދެންނެވިފައި މިވަނީއެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް

ތާރީޚު: 16 ޖުލައި 2016 (ހޮނިހިރު ދުވަސް)

ތަން: ދޮށިމޭނާ މާލަމް އަދި ފާށަނާ މާލަމް، ދަރުބާރުގެ، މާލެ

ގަޑި: 20:00 އިން 23:00 އަށް

ކޭޓަރ ކުރަންޖެހޭ މީހުންގެ އަދަދު: 575

މެނޫގައި ހިމަނަންޖެހޭ ބައިތައް:

  1. ވެލްކަމް ޑްރިންކް
  2. ސައި/ކޮފީ އަދި 02 ވައްތަރުގެ ބޯތަކެތި
  3. ފިނި ފެން
  4. ބީފް، ޗިކަން އަދި ޓޫނާ ފަރިއްކުޅުއްވާ ފަރާތްތަކަށް ކެވޭނެ ގޮތަށް 03 (ތިނެއް) ވައްތަރުގެ ކެއުން
  5. ރައިސް، ނޫޑްލްސް ނުވަތަ ޕާސްތާގެ ތެރެއިން 02 (ދޭއް) ވައްތަރު
  6. ސެލެޑްގެ 02 (ދޭއް) ވައްތަރު
  7. ޑެޒަރޓްގެ 03 (ތިނެއް) ވައްތަރު
  8. ފްރެޝް މޭވާގެ 03 (ތިނެއް) ވައްތަރު
  9. ދުފާ ތަކެތި

* މިމަހާސިންތާގައި ޕްލާސްޓިކް ފެންފުޅި އަދި ޑިސްޕޯޒަބަލް ތަކެތި (ޕްލާސްޓިކު ފުޅި، އޫ، ސަމުސާ، ތަށި ފަދަ ތަކެތި) ބޭނުމެއް ނުކުރެވޭނެއެވެ.

* ކޭޓަރ ކުރާ ތަނުގައި ބޭނުންވާނެ މޭޒާއި ގޮނޑި ފޯރުކޮށްދޭންވާނެއެވެ. އަދި މޭޒުތަކުގައި އަދި ގޮނޑިތަކުގައި ހުދު ލިނަން އަޅާފައި ހުންނަންވާނެއެވެ.

* ކޭޓަރކޮށްދޭ ފަރާތުން ކޭޓަރިންގއާ ގުޅުންހުރި އެންމެހާ މަސައްކަތް ކޮށްދެއްވަންވާނެއެވެ.

* ފަރިއްކޮޅު ހިނގަމުންދާ ވަގުތުތަކުގައި ކޭޓަރ ކޮށްދޭ ފަރާތުގެ މުވައްޒަފުން (ވޭޓަރުން) އަބަދުވެސް ފަރިއްކޮޅު ހިނގަމުންދާ ތަނުގައި ތިބެންވާނެއެވެ. އަދި ނިމިފައިވާ ތަށިތައް ގަވާއިދުން އެއެއްޗެއް ހުރި މޭޒަކުން ނަގަންވާނެއެވެ.

* ވޭޓަރުން ކާ މޭޒުތަކަށް ގަވާއިދުން ފެނާއި ބޯތަކެތި ފޯރުކޮށްދޭންވާނެއެވެ.

* ވޭޓަރުންގެ ގޮތުގައި ތިބޭ މީހުންނަކީ ކޭޓަރކޮށްދޭ ފަރާތުގެ ބައެއްކަން ދޭހަކޮށްދޭ ޔުނީފޯމުގައި ތިބޭ ބައެއް ކަމުގައި ވާންވާނެއެވެ.

* ކޮފީ އަދި ސައި ހަމަޖެއްސުމުގައި ޑައިބެޓިކް ޝުގަރވެސް ލިބެން ހުންނަންވާނެއެވެ.           

* ކޭޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މަސައްކަތް ކުރާ ތަން ބަހައްޓަންވާނީ ސާފުތާހިރުކޮށެވެ. 

ހުށަހަޅަންވީ ތަކެތި

  • އަންދާސީހިސާބު ހުށަހަޅަންވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ މަސައްކަތުގެ އަގު އަދި މެނޫ ވަކިން އެނގޭގޮތަށެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2013 ގެ ޖަނަވަރީން 2016 ގެ މި ދުވަހާ ހަމައަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިޔުމަށެވެ.
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސް ލިޔުުމެއް މަދުނަމަ އެ ޕްރޮޕޯޒަލެއް ބާޠިލު ކުރެވޭނެއެވެ.

މިމަސައްކަތުގައި ޓެކްނިކަލް ގޮތުން ފާސް ކުރުމުގައި ބެލެވޭނެ ކަންތައްތައް

* ފައިނޭންޝިއަލް އިވެލުއޭޝަން ހެދުމުގެ ކުރިން ހުށަހަޅާފައިވާ ބިޑްތަކުގެ ތެރެއިން އިޢުލާނުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ޝަރުޠުތައް ހަމަވެފައިވޭތޯ ބެލެވޭނެއެވެ.

* މިގޮތުން ފައިނޭންޝިއަލް އިވެލުއޭޝަން ކުރެވޭނީ ޓެކްނިކަލް ގޮތުން އެ ޝަރުޠުތައް ހަމަވާ ބިޑްތަކެވެ. އަދި އެހެން ބިޑްތައް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މިމަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ބިޑްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފުސީލު

އަގަށް:  50 ޕޮއިންޓް  

އެންމެރަނގަޅު ހުށަހެޅުމަކަށް : 30 ޕޮއިންޓް

ތަޖުރިބާ: 20 ޕޮއިންޓް

* ތަޖުރިބާއަށް ޕޮއިންޓު ދެވޭނީ ދާއިރާއާ ގުޅޭގޮތުން ފާއިތުވެފައިވާ 3 އަހަރުގެ ތެރޭގައި މިބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާފައި       

* މަސައްކަތް ހަވާލުކުރުމުގައި ޓެކްނިކަލުން ފާސްވުމަށްފަހު ފައިނޭންޝިއަލް އިވެލުއޭޝަނަށް ބަލައި އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބިޑް އެވޯޑް ކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ޕްރޮކިއުމަންޓް ޔުނިޓް

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

"ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016" ގައި ބައިވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން 16 ޖުލައި 2016 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު ދިނުމަށް ހަމަޖެހިފައިވާ ފަރިއްކޮޅުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/117  

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2016 ވާ ބުދަ ދުވަހުގެ 13:00  ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑަގައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ގަޑިއަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިޢުލާނުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018341 ނަންބަރު ފޯނަށެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް:  [email protected]

ވެބްސައިޓް: www.environment.gov.mv

04 ޖުލައި 2016
ހޯދާ