މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސިނިއަރ އެކައުންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ޕޮލިޓެކްނިކުގެ މިދަންނަވާ މަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު:                                 ސީނިއަރ އެކައުންޓް އޮފިސަރ

ބޭނުންވާ އަދަދު:                            01

ރޭންކް:                                 އެމް.އެސް 3

ކްލެސިފިކޭޝަން :                          ސީނިއަރ ޓެކްނިކަލް އޮފިސަރ ގރ. 1

މުސާރަ :                               މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:                       މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                         މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                                ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:                  ފައިނޭންސް އެންޑް ބަޖެޓް ޕްލޭނިންގ ސެކްޝަން/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ޕޮލިޓެކްނިކްގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުތަކުން ހޯދުމަށްފަހު، ޕޮލިޓެކްނިކްގެ ބަޖެޓް ތައްޔާރުކުރުކޮށް މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.

2- މުވައްޒަފުންގެ މުސާރަ ޝީޓު ޗެކުކޮށް މުވައްޒަފުންނަށް މުސާރަ ދިނުން.

3- ޕޮލިޓެކްނިކްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި ޓްރަސްޓް ފަންޑްގެ ބިޒްނަސް އޭރިޔާ ނަންބަރު 8013 ގެ ބިލްތަކަށް ފައިސާދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުވައި، ތައްޔާރުކޮށް ނިމޭ ޕޭމަންޓް ވައުޗަތައް މިނިސްޓްރީއަށް ފޮނުވައި، ނިމޭވަރަކުން އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުން.

4- ފައިސާ ދެއްކުނު ބިލްތަކާއި ނުދެއްކި ހުރި ބިލްތަކުގެ ތަފުސީލު މޮނިޓަރކޮށް ބެލެއްޓުމާއި، އެ މަޢުލޫމާތު ޙިއްސާކުރަންޖެހޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓްގެ ވެރިންނާ އެ މަޢުލޫމާތުތައް ހިއްސާކުރުން.

5- ބަޖެޓުގެ ކޯޑުތަކުގެ ބާކީ ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، އެއް ކޯޑުން އަނެއް ކޯޑަން ފައިސާ ބަދަލުކުރަންޖެހޭ ހާލަތުގައި އެކަން ކޮށް އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ވެރިންނާ ހިއްސާކުރުން.

6- ބަޖެޓަށް ލިބޭ ފައިސާ ބަލައިގަނެ ޕޮލިޓެކްނިކްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި ޓްރަސްޓް ފަންޑްގެ ބިޒްނަސް އޭރިޔާ ނަންބަރު 8013 އަށް ޖަމާކުރަންޖެހޭ ފައިސާ އެ އެކައުންޓަކަށް ޖަމާކުރުން.

7- ބަޖެޓް ކޮންޓްރޯލް (އުނިކޮށް އިތުރުކުރުމުގައި) ބަޖެޓް ސެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ލަފާގެމަތިން ކުރުން.

8- އަހަރު ނިމުމުން ބަޖެޓް ރިކޮންސިލްކޮށް ބަޖެޓާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމުން.

9- އޮފީސް ޑިއުޓީ އަދާކުރުމާއި އޮފީސްހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން)

10- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން އިސްވެރިޔާ ހަވާލުކުރައްވާ އެންމެހައި މަސައްކަތްތައް ކުރުން.

ޝަރުތު:

ތައުލީމީ ފެންވަރު:

1. ބިޒްނަސް/ ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ބިޒްނަސް/ ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކު ގެ އޮނިގަނޑުގެ ލެވެލް 5 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ

3. ބިޒްނަސް/ ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

4. ބިޒްނަސް/ ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

5- ބިޒްނަސް/ ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 19 އާއި 28 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) - ފުރިހަމަކޮށް ހުށަހަޅުއްވަންޖެހޭ ފޯމު މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  2016 ޖުލައި 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

04 ޖުލައި 2016
ހޯދާ