ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމް: |
ސީނިއަރ ޑްރައިވަރ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން |
އެސް. އެސް. 3 / ސަޕޯޓް ސްޓާފް ގްރޭޑް 3 |
މަޤާމުގެ ގިންތި: |
ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީހާއި، ޔުނިޓް |
ކ. މާލެ / ޕަބްލިކް ވަރކްސް ސަރވިސަސް، އޮޕަރޭޝަންސް ސެކްޝަން |
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/3،875 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ - އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މަޤާމުގެ ޝަރުޠު: |
1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޔުނިޓުގެ ބޭނުމަށް ވެހިކަލްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުން. 2. ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން. 3. ކަނޑައެޅިފައިވާ ޝެޑިއުލްތަކާއި އެއްގޮތްވާގޮތުގެމަތިން ވެހިކަލްތައް ސަރވިސްކޮށް ބެލެހެއްޓުން. 4. ވެހިކަލްތަކަށް މުދާއަރުވައި ބޭލުމާއި، އެފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 5. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެމަތިން ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއު. 4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. 5. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު. |
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު: |
- މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީން މަގު، މާފަންނު/މާލެ) ގެ ކައުންޓަރަށް. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 17 އާދީއްތަ ދުވަހުގެ 14:00 އެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ، ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުންނެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
އިންޓަވިއު ކުރުން: |
- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ޖުލައި- އޮގަސްޓް މަހުގެ ތާރީޚެއްގައި، ޕަބްލިކް ވަރކްސް ސަރވިސަސް (ޢިއްޒުއްދީންމަގު، މާފަންނު / މާލޭ) ގައެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
24 ރަމަޟާން 1437 |