ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މަޤާމު:           މަސައްކަތު

ވަޒީފާގެ ބާވަތް:       ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:  01 އަހަރު

ބޭނުންވާ އަދަދު:      02 (18 އަހަރު ފުރިފައިވުން)

ރޭންކް:            އެސް.އެސް 1

ކްލެސިފިކޭޝަން:       ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ:      ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލުގެ އިދާރާ. 

ސެކްޝަން / ޔުނިޓް:   އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން: ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ބަނދަރު ސަރަޙައްދު)

ވަޒީފާގެ މަސައްކަތު ވަގުތު:

ހަފުތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު. (ޝިފްޓް ޑިއުޓީ އުސޫލުން)

ހެނދުނު 06:00 ން 14:00 އަށް – 14:00 ން 22:00 އަށް

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން،

2- ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރެވޭފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ޚުލާޞާ.

1- އާންމު ރައްޔިތުން ބަނދަރު ބޭނުންކުރަމުންދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުސޫލާ އެއްގޮތައްތޯ މޮނިޓަރކޮށް ބެލެހެއްޓުން.

2- ބަނދަރުގެ މުދާ އަރުވައި ބާލާ ސަރަހައްދަށް ޖަމާކުރެވޭ ތަކެތި ނޯޓުކުރުން (އުޅަނދުގެ ނަމާއި ރަޖިސްޓަރީ ނަންބަރު، މުދާ ބޭލި ގަޑިއާއި ތާރީޚު، މުދާ ބާލައި ނިމުނުގަޑި)

3- ބަނދަރު ރުއްގަހުން އުފެދޭ ކުންޏާއި، ކުނީގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދަށް ޖަމާކުރުމާއި، ކުނިއެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް ކައުންސިލްގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

4- ބަނދަރުގެ ފެންއިސްކުރުބަރިއަށް ލިބޭ ގެއްލުމުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުމާއި، ދޯނިފަހަރަށް ބަނދަރުން ފެންހޮޅި ދަމައިގެން ފެންއަޅަމުންދާއިރު މޮނިޓަރކުރުން. (ފެންހޮޅި އިސްކުރުން ނެއްޓިއްޖެނަމަ އިސްކުރު ބަންދުކުރުމަށްފަހު އެކަން އިޞްލާޙުކުރުމަށް އެންގުން)

5- މޫސުމާ ގުޅިގެން ބަނދަރަށް ޖަމާވާކުނި (ހުއިފަތް، ދަޅު، ފުޅި، ލަކުޑި، ކޮތަޅު) ފަދަ އެންމެހައި ތަކެތި ނަގައި ކުނިއެޅުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ކައުންސިލްގެ އެހީތެރިކަމާއެކު ގެންގޮސް ނައްތާލުން.

6- ބަނދަރު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެ ފަރާތްތަކަށް އެކަން އިޞްލާޙު ކުރުމަށް އެންގުން.

7- ބަނދަރަށް ލެވިފައިވާ ކަރަންޓު ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.

8- ކަނޑު އުޅަނދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާ ފުރާ ހަދަނީ ބަނދަރު އުސޫލާ އެއްގޮތަށްތޯ ބެލުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި، ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް: (މެރިޓް އުސޫލުން)

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު އޮންނާނީ 2016 ޖުލައި 17 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަރވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަރވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ:             މަހަކު -/4000 ރުފިޔާ

އެލަވަންސް                 މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

މީގެ އިތުރުންވެސް އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަންފޯމު

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760522 ނަންބަރު ފޯނާ އެވެ. ފެކްސް ނަމްބަރަކީ 6760667 އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

05 ޖުލައި 2016
ހޯދާ