ދިވެހިރާއްޖެ
ބާއިންޖީނުގެ ޑިޒައިން ކުރުން:
ބާއިންޖީނުގެ މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލް އިދާރާގެ ނަންބަރު: (IUL)320-ADHR/320/2016/38 (26 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯޒަލް ހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާ އެކުގައެވެ. ކުންފުންޏަކުން ނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
11 ޖުލައި 2016 (ހޯމަ) ދުވަހުގެ 10:30 އަށް |
18 ޖުލައި 2016 (ހޯމަ) ދުވަހުގެ 11:30 އަށް |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަމަޟާން 1437