ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓް

ވަޒީފާގެ ފުރުޞަތު

އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެނަލިސްޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރުގެ ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ޑިވެލޮޕްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

02 (ދޭއް)

މަސައްކަތުގެ މުއްދަތު:

01 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 5 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/ 15,000 ރުފިޔާ

ފެންވަރު/ޝަރުޠު

                         

  1. އަމިއްލަ އިސްނެގުމާއެކު އެހެން މީހެއްގެ އެހީއާނުލައި އިންފޮމޭޝަން ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ބަލަހައްޓާ ވަރުގަދަކުރުމަށް ކުރަންޖެހޭ ކަންކަންކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  2. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކޮމްޕިޔުޓަރ ސެކިޔުރިޓީ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަމިއްލައަށް މަސައްކަތް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  4. ރަނގަޅުގޮތުގައި މީހުންނާއި މުޢާމަލާތުކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން.
  5. އެންސީއައިޓީއަށް އަންނަ ސެކިއުރިޓީ އިންސިޑެންޓްސް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަމުގެ ޤާބިލިއްޔަތުކަން ހުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- ކޮމްޕިއުޓަރ ސެކިޔުރިޓީ، އޮޕަރޭޓިން ސިސްޓަމްސް އަދި އެޕްލިކޭޝަން އިންފްރާންސްޓަރަކްޗަރުގެ    މަސައްކަތު ތަޖުރިބާއަށް ބަލައިގެން

2- ވިންޑޯޒް އަދި ޔުނިކްސް އޮޕަރޭޓިން ސިސްޓަމް މެނޭޖްކުރުމުގެ ހުނަރުހުރުން

3- ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައިޕީ، އައިޕީ އެޑްރެސްކުރުމުގެ ހުނަރުހުރުން

4- ޕއިތަން ސްކްރިޕްޓިންގެ ޢިލްމުހުރުން

5- ވެބް އެޕްލިކޭޝަންގެ ސެކިޔުރިޓީ އެސެސްމެންޓް ހެދުމުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

އެން.ސީ.އައި.ޓީގެ ބެލުމުގެ ދަށުން ހިންގާ އިންފޮމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާކްގެ، ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.

  1. ސިސްޓަމްތަކާއި ނެޓްވާކްގެ ސެކިއުރިޓީ ވަލްނަރަބިލިޓީސް ހޯދައި، ސިސްޓަމްތަކާއި ނެޓްވާކް ބަލަހައްޓަވާ ބޭފުޅުންނާއެކު މަސައްކަތް ކުރައްވައިގެން، ޙައްލު ހޯދައި، އިންމްޕްލިމަންޓުކޮށް، ސިސްޓަމްތަކާއި ނެޓްވާކް ރައްކައުތެރިކުރުން.
  2. މިގޮތުން ހޯދޭ ވަލްނަރަބިލިޓީސްއާއި ޙައްލުތައް ޑޮކިއުމަންޓުކޮށް، މި ވަލްނަރަބިލިޓީސް ތަކުރާރު ނުވާނޭހެން، ސިސްޓަމްތަކާއި ނެޓްވާކް ސެކިއުރިޓީ ޗެކްލިސްޓްތަކާއި ނޮލެޖްބޭސްއެއް ތައްޔާރުކޮށް ބެލެހެއްޓުން.
  3. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ އިންޓްރޫޝަން ޑިޓެކްޝަންފަދަ ކައުންޓަރ މެޝާޒްތަކަކީ ކޮބައިތޯބަލައި، އެން.ސީ.އައި.ޓީގެ މަޝްވަރާގެ މަތީން، މިފަދަ ސިސްޓަމްތަކާއި ޕްރޮސީޖަރތައް ޤާއިމުކޮށް، ޑޮކިއުމަންޓު ކޮށް، ބެލެހެއްޓުން.
  4. އިންފޮމޭޝަން އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް، ISO 27001 ގެފެންވަރަށް، އެން.ސީ.އައި.ޓީ ގައި ގާއިމުކުރުމަށް ޕްލޭނެއް އެކުލަވާލައި، އެން.ސީ.އައި.ޓީ އަށް ހުށަހަޅާ، މެނޭޖްމަންޓްގެ ހުއްދައާއެކު، އެން.ސީ.އައި.ޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އިމްޕްލިމެންޓް ކުރުން.
  5. އެންސީއައިޓީއަށް އަންނަ ސެކިއުރިޓީ އިންސިޑެންޓްސް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ.

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއިއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000 334 ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

30 ރަމަޟާން 1437

 

 

 

04 ޖުލައި 2016
ހޯދާ