ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ބިން ކުއްޔަށް ދޫކުރުން

އެކިއެކި ވިޔަފާރި ކުރުމަށްޓަކައި މިރަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެތެރެއިން ތިރީގައި މިދަންނަވާ 02 ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ #

ބިން އޮތް ތަން

ބިމުގެ ބޮޑުމިން

ކުއްޔަށް ދޭ ބޭނުން

19

ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 14 ނަންބަރު ބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓު

އާންމު ވިޔަފާރިކުރުމަށް

21

ޝަހީދުޢަލީ މަގުގެ ދެކުނުފަޅީގައި، 19 ނަންބަރު ބިމުގެ ހުޅަނގުފަރާތުގައި

2000 އަކަފޫޓު

އާންމު ވިޔަފާރިކުރުމަށް

ބިން ކުއްޔަށް ދޫކުރުމުގައި ބަލާނެ ކަންތައްތައް

  • މިހާރު ބިމެއް ލިބިފައިވާ ފަރާތްތަކަށާއި، ލިބިފައިވާ ބިން ވަކިކޮށްފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • އެއްވެސް ފަރާތަކަށް އެއް ބިމަށްވުރެ ގިނަ ބިމެއް ދުލެއް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ ބިމަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
  • އިތުރު ތަފުސީލު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަތުމުން ލިބޭނެއެވެ.

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ދިނުމާއި ޕްރޮޕޯޒަލް ހުށަހެޅުން

ބިމުގެ #

މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި

ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި

19

12 ޖުލައި 2016 (އަންގާރަ) ދުވަހުގެ 10:00

18 ޖުލައި 2016 (ހޯމަ) ދުވަހުގެ 10:00

21

12 ޖުލައި 2016 (އަންގާރަ) ދުވަހުގެ 13:30

18 ޖުލައި 2016 (ހޯމަ) ދުވަހުގެ 13:30

ވީމާ، މިބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތަކީ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ