މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސާރކް ޔޫތު އެވޯޑް 2014

އިޢުލާން

ސާރކް ޔޫތު އެވޯޑް 2014: "ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ"

ސުރުޚީގައި އެވާ އެވޯޑަށް ނަން ހުށަހެޅުމަށް 19 މޭ 2014 ގައި ކުރެވުނު ނަންބަރު IUL)141-YC/1/2014/163) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީއާއި، އަދި ސާރކް ސެކްރެޓޭރިއަޓުން ވަނީ އަލުން ނަން ހުށަހެޅުމަށް ފުރުޞަތު ދެއްވާފައެވެ. އެހެންކަމުން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ސާރކް ޔޫތު އެވޯޑަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) އިން 1996 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޒުވާނުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާނުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ދެވެނީ އަހަރަކަށް ކަނޑައެޅިފައިވާ ޝިޢާރާގުޅޭ، ސާރކްގެ މެންބަރު ޤައުމުތަކުގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުންނަށެވެ. މިގޮތުން، މިއަހަރުގެ ޝިޢާރަކީ "ޔޫތު ލީޑަރޝިޕް އިން ޕްރިންޓް އެންޑް އިލެކްޓްރޯނިކް މީޑިއާ" އެވެ. އަދި މި އަހަރުގެ އެވޯޑް ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނަށެވެ.

މި އެވޯޑަށް ހޮވޭ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ސާރކް ރަން މެޑަލްގެ އިތުރުން، US$3000 (ތިންހާސް އެމެރިކާ ޑޮލަރު) އަދި ހަނދާނީ ލިޔުމެއް ސާރކް ސެކްރެޓޭރިއަޓްގެ ފަރާތުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެވޯޑަށް ހޮވޭފަރާތްތައް އެވޯޑް ޙަފްލާއަށް ދިއުމާއި، އެނބުރިއައުމުގެ ޚަރަދު ސާރކްއިން ދޭގޮތަށް ވަނީހަމަޖެހިފައެވެ. މީގެ އިތުރުން ހުރުމުގެ އެލަވަންސްވެސް ވަނީ އެފަރާތުން ދޭގޮތަށް ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އެވޯޑަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ފޯމު ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 18 ޖުލައި 2016 ވާ އަންގާރަދުވަހުގެ 13:00 ގެ ކުރިން ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރު (ވެލާނާގޭ 3 ވަނަ ފަންގިފިލާ)، ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www. youth.gov.mv އިންނެވެ. އިތުރު މަޢުލޫމާތު ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަދި 3332069 އިން، އަދި މިނިސްޓްރީގެ ވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

28 ރަމަޟާން 1437

03 ޖުލައި 2016
ހޯދާ