ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބޯފެން ރައްކާކުރާ ހަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިމަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަދަރުސާގައި ބަހައްޓާފައިވާ ބޯފެން ރައްކާކުރާ ހަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:15 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 11:15 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ޤަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަފަހަރު ކުރި މިމަދަރުސާގެ ނަންބަރު GS07/IUL/2016/019 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއް ކަމަށް ނުފެންނާތީ އެ އިޢުލާން ބާޠިލުކުރިވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ނަންބަރު 6560019 އާ ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ