ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދުއާއި ދަނބިދުއާއި ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 4 ޖުލައި 2016 ފެށިގެން 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ލޯނު އަމާޒުކުރެވޭ ތިންރަށުގެ ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެއެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަބެލުމުގެ ގޮތުން މިތިން ރަށުގައި ކުރާއިރު މި ތިން ރަށުން ޖުމުލަ 100 ފަރާތަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ފަށައިގަންނައިރު ފުރަތަމަ ފުރުސަތު ދޭން ނިންމާފައިވަނީ ކޮންމެ ރަށަކުން 10 ފަރާތަށެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.
ލޯނަށް އެދި ފޯމު ހުށަހަޅާނީ އިސްދުއާއި ކަލައިދޫއާއި ދަނބިދޫ، މި ތިން ރަށުގެ ތެރެއިން އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޖުލައި 2016 ގެ 10:00 އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.ލޯނު ދޫކުރުމުގެ ފުރަތަމަ މަރުހަލާގައި ކޮންމެ ރަށަކުން ހޮވޭ 10 ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށްފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މި މަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. މި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާޠިލުކުރެވޭނެއެވެ.
- ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މި ވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން
މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
|
މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤުތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއްކަމުން ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް 5 ޕޮއިންޓު ދިނުމަށް ހަމަޖެހިފައިވެއެވެ. |
5 |
|
ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން އަދާކުރާ ގޮތް: |
40 |
|
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް |
40 |
|
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
20 |
|
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
10 |
|
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް |
5 |
|
މާލީ ހާލަތު: |
20 |
|
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް |
20 |
|
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް |
15 |
|
ހަމަ އެކަނި އެއްބުރަށް ބޭނުންވާ ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް |
10 |
|
ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުން ދިއުން: |
20 |
|
ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
20 |
|
ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
15 |
|
ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
10 |
|
އާމްދަނީ ހޯދުމުގެ މަސައްކަތްތައް ރޭވިފައިވާ ގޮތް: |
15 |
|
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ރަށުގައި ގާއިމުވެ ހުރެ ކުރާ ފަރާތްތަކަށް |
15 |
|
އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ކުރުމަށް ރަށުން ބޭރަށްދާ ފަރާތްތަކަށް |
10 |
ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ. މިލޯނާ ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3341869 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މެރިކަލްޗަރ އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ލޯނާ ބެހޭ މަޢުލޫމާތު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫއުން ހިންގާ އެންމެ މުހިއްމު ދެހަރަކާތަކީ މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާއާއި ފާނަ އާލާކުރުމެވެ. މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ލ. އިސްދުއާއި ދަނބިދުއާއި ކަލައިދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިތިން ރަށުގެ ރައްޔިތުންގެ ތެރޭން ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމުގެ ބޭނުމަކީ ހުއިފިލަނޑާ ބޮޑުކޮށް ވިއްކައިގެން އެފަރާތްތަކުގެ އާމްދަނީ އިތުރުކުރުމެވެ. މިލޯނާއި ގުޅޭ މުހިންމު މައުލޫމާތު ތިރީގައި އެވަނީއެވެ.1- ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް އަޖުމަ ބެލުމުގެ ގޮތުން މިތިން ރަށުގައި މި މަސައްކަތް ކުރާއިރު މިތިން ރަށުން ޖުމުލަ 100 ފަރާތަށް ލޯނުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އަޖުމަ ބެލުމުގެ މި ފުރަތަމަ ފިޔަވަހީގައި ލޯނު ދޭން ނިންމާފައިވަނީ ކޮންމެ ރަށަކުން 10 ފަރާތަށެވެ.
2- މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ފަރުދުންނަށެވެ.
3- "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލޯނު ދޫކުރުމުގައި މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން އަންހެނުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން ދޫކުރެވޭ ލޯނުގެ ތެރެއިން 30 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށެވެ.
4- ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ -/50,000 (ފަންސާސް ހާސް) ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ -/24,000 (ސައްވީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓާއި، 26,000 (ސައްބީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑައެވެ.
5- ލޯނު ދައްކަންޖެހޭނީ ނަގުދު ފައިސާއިންނެވެ.
6- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަކީ %6 އެވެ.
7- ލޯނު އަދާކުރާއިރު 6 (ހައެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް (މުއްދަތެއް) ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައިވެސް އިންޓްރެސްޓަށްވާ ފައިސާ ދައްކަން ޖެހޭނެއެވެ.
8- މި ފިޔަވަހީގެ ދަށުން ދޫކުރާ ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ 5 (ފަހެއް) އަހަރެވެ. މި މުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށެވެ.
9- މި ފިޔަވަހީގެ ދަށުން ލޯނު ލިބޭ ފަރާތްތައް ކަނޑައަޅާނީ، މިނިސްޓްރީގެ ފަރާތުން ފޯމުތައް ސްކްރީން ކުރުމަށްފަހު މިނިސްޓްރީންއެވެ.
10- މި ފިޔަވަހީގެ ދަށުން ލޯން ލިބޭ ފަރާތްތައް ކުރިން ލޯނެއް ނަގާފައިވާނަމަ އެލޯނު އަދާކުރަމުންދާ/ އަދާކޮށްފައިވާ ގޮތަށް ބެލެވޭނެއެވެ. އަދި މިހާރު ލޯނެއް އަދާކުރަމުން ދާނަމަ، އެ ލޯނުގެ 50 އިންސައްތަ އަދާކޮށްފައި ނުވާ ފަރާތްތަކަށް މިފިޔަވަހީގެ ދަށުން ލޯން ދުލެއް ނުކުރެވޭނެއެވެ.
11- މި ފިޔަވަހީ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ރަށު ކައުންސިލްތަކުގެ އިދާރާތަކުންނެވެ.
12- ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
13- މި ލޯނަށް އެދެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ލޯނު ނަގާ ފަރާތުގެ އުމުރުން 65 އަހަރުވުމުގެ ކުރިން ލޯން ޚަލާޞްކޮށް ނިންމަންވާނެއެވެ.14- ލޯނަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
15- މި ލޯނުގެ ދަށުން ލިބޭ ތަކެއްޗާއި ސާމާނު ބޭނުންކުރަންވާނީ ހަމައެކަނި ލޯނު ދޫކުރި މަޤުޞަދާ ހާސިލުކުރުމަށެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މާލެ، ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދޭ ފޯމު|
ސެކްޝަން 1. ލޯނަށް އެދޭ ފަރުދުގެ މައުލޫމާތު |
||||||||||||||||||||||||||||||
|
ފުރިހަމަ ނަން: |
ޖިންސު: |
އ |
ފ |
|||||||||||||||||||||||||||
|
އައި.ޑީ. ކާޑު ނަންބަރު: |
ޢުމުރު: |
އަހަރު |
||||||||||||||||||||||||||||
|
ދާއިމީ އެޑްރެސް: |
އަތޮޅާއި ރަށް: |
|||||||||||||||||||||||||||||
|
މިހާރު އުޅޭ އެޑްރެސް: |
ފޯނު ނަންބަރު: |
|||||||||||||||||||||||||||||
|
ސެކްޝަން 2. ލޯނާބެހޭ މަޢުލޫމާތު |
||||||||||||||||||||||||||||||
|
އެދޭ ލޯނުގެ މިންވަރު: |
ހުއިފިލަނޑާ ކޮށި ހެދުމަށް |
-/24,000 ރުފިޔާ |
|
|
||||||||||||||||||||||||||
|
|
ކުދި ހުއިފިލަނޑާ ގަތުމަށް |
-/26,000ރުފިޔާ |
|
|
||||||||||||||||||||||||||
|
|
ޖުމުލަ |
-/50,000 ރުފިޔާ |
|
|
||||||||||||||||||||||||||
|
ލޯނު ދޫކުރުމަށް އެދޭ ގޮތް: |
ލޯނު ފައިސާއަށް ޖެހޭ މިންވަރަށް ހުއިފިލަނޑާ ކޮށި ހެދުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާ ފޯރުކޮށްދިނުން |
|||||||||||||||||||||||||||||
|
ލޯނު އަނބުރާ ދެއްކުމަށް އެދޭ ގޮތް: |
ނަގުދު ފައިސާއިން |
|||||||||||||||||||||||||||||
|
ލޯނު ނެގުމުގެ މަޤުޞަދު: |
ހުއިފިލަނޑާ ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަށް |
|||||||||||||||||||||||||||||
|
ސެކްޝަން 3. މީހުން ހޮވުމުގައި ބަލާ މިންގަނޑަށް ފެތުން |
||||||||||||||||||||||||||||||
|
ގޮޅީގައި މައުލޫމާތު ލިޔޭ |
|
|
||||||||||||||||||||||||||||
|
|
|
|
||||||||||||||||||||||||||||
|
ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުންދާތާ މިއަދާއި ހަމައަށް ވީ މުއްދަތު: |
އަހަރު |
|||||||||||||||||||||||||||||
|
އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް: |
||||||||||||||||||||||||||||||
|
މަހެއްގެ މައްޗަށް ލިބޭ އާމްދަނީ: |
ރުފިޔާ |
|||||||||||||||||||||||||||||
|
މައިގަނޑުގޮތެއްގައި ވަޒީފާ އަދާކުރަނީ: |
ރަށުގައި ގާއިމުވެހުރެ |
ރަށުން ބޭރުގައި |
||||||||||||||||||||||||||||
|
އާމްދަނީގެ ވަސީލަތްތައް: |
|
|
|
|
||||||||||||||||||||||||||
|
ދަނޑު |
ދޯނި |
ހޮޓާ |
ވަޒީފާ |
އަމިއްލަ މަސައްކަތް |
||||||||||||||||||||||||||
|
އެހެނިހެން |
||||||||||||||||||||||||||||||
|
ގޮޅީގައި ހެޔޮފާހަގަ ޖަހާ |
|
|||||||||||||||||||||
|
|
އާއެކެވެ |
ނޫނެކެވެ |
||||||||||||||||||||
|
މޫދުގައި ގިނަވަގުތު މަސައްކަތުގއި ހޭދަކުރެވޭ ފަދަ ޞިއްޙަތެއް ލިބިގެންވޭތޯ؟ |
||||||||||||||||||||||
|
ރަށު ކައުންސިލުގެ އިދާރާއިން ދައްކާ ސަރަހައްދެއްގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރަން އެއްބަސްވަންތޯ؟ |
||||||||||||||||||||||
|
ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީނު ލިބިގަތުމަށް ވަގުތު ހުސްކޮށް، ތަމްރީނުތަކަށް ގަވާއިދުން ހާޒިރުވެވޭނެތޯ؟ |
||||||||||||||||||||||
|
މަސައްކަތްކުރުމަށް މަޝްރޫޢުގެ ފަރާތުން ދޭ ސާމާނާއި ތަކެތީގެ އަގަކީ ލޯނު ފައިސާކަމަށް ބަލައިގަންނަންތޯ؟ |
||||||||||||||||||||||
|
ލޯނު ފައިސާގެ ބަދަލުގައި އެ ފައިސާއަށްވާ ސާމާނާއި ތަކެތި ފޯރުކޮށްދޭ ކަމުގައި ވިއަސް ފައިސާއިން ލޯނު އަނބުރާ ދެއްކުމަށް އެއްބަސްވަންތޯ؟ |
||||||||||||||||||||||
|
ބޭންކް އޮފް މޯލްޑިވްސްއިން ލޯނެއް ނަގައި ލޯނު ފައިސާ މިހާރުވެސް ދައްކަމުން ދޭތޯ؟ |
||||||||||||||||||||||
|
ސެކްޝަން 4. ފައިސާ ޚަރަދުކުރާނޭ ގޮތް |
||||||||||||||||||||||
|
ހުއިފިލަނޑާ ކޮށި ހެދުމަށް ލޯނު ފައިސާއިން |
-/24,000 |
ރުފިޔާ |
|
|||||||||||||||||||
|
ފުރަތަމަ ބުރަށް ބޭނުންވާ ކުދި ހުއިފިލަނޑާ ގަތުމަށް ލޯނު ފައިސާއިން |
-/26,000 |
ރުފިޔާ |
|
|||||||||||||||||||
|
ހުއިފިލަނޑާގެ ކާނާ ގަތުމަށް ކޮންމެ މަހަކު އަމިއްލަ ފައިސާއިން މަދުވެގެން |
-/680 |
ރުފިޔާ |
|
|||||||||||||||||||
|
ސެކްޝަން 5. މަސައްކަތް ކުރިއަށް ގެންދާނޭ ގޮތް |
||||||||||||||||||||||
|
|
|
|
|
|
|
|
|
|
|
|
|
|
||||||||||
|
މަސައްކަތް |
މަސް 1 |
މަސް 2 |
މަސް 3 |
މަސް 4 |
މަސް 5 |
މަސް 6 |
މަސް 7 |
މަސް 8 |
މަސް 9 |
މަސް 10 |
މަސް 11 |
މަސް 12 |
||||||||||
|
ހުއިފިލަނޑާ ކޮށި ހެދުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
ކުދި ހުއިފިލަނޑާ ކޮށްޓަށް އެޅުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީނު ލިބިގަތުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
ހުއިފިލަނޑާ ކޮށި ބެލެހެއްޓުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
ހުއިފިލަނޑާއަށް ކާންދީ ބޮޑެތިކުރުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
ހުއިފިލަނޑާ ކޮށިން ނަގާ ވިއްކުން |
|
|
|
|
|
|
|
|
|
|
|
|
||||||||||
|
އިޤުރާރު |
|||
|
އަޅުގަނޑަށް ދޫކޮށްދިނުމަށް މި އެދުނު ލޯނު ބޭނުންކުރާނީ މި ފޯމުގައި އަޅުގަނޑު ބަޔާންކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށެވެ. މަތީގައިވާ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް އަޅުގަނޑު ޔަޤީން ކޮށްދެމެވެ. މި ފޯމުގައި އަޅުގަނޑު ދީފައިވާ މަޢުލޫމާތަކީ ދޮގު މައުލޫމާތުކަމުގައި ވެއްޖެނަމަ މި ފޯމު ބާޠިލުވާނޭކަން ގަބޫލުކުރަމެވެ. އަޅުގަނޑަށް މި ލޯނު ލިބިއްޖެނަމަ ރަށު ކައުންސިލުން ދައްކާ ސަރަހައްދެއްގައި މަސައްކަތް ކުރުމަށާއި، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ލިބިގަތުމަށް އެއްބަސްވަމެވެ. ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތަށް ލޯނުގެ ގޮތުގައި ދޫކުރެވެނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ ތަކެތިކަން އަޅުގަނޑު ޤަބޫލުކުރަމެވެ. އަދި މި ލޯނު އަދާކުރަންޖެހޭނީ ނަގުދު ފައިސާއިންކަމަށްވެސް އަޅުގަނޑު އެއްބަސްވަމެވެ. |
|||
|
ލޯނަށް އެދޭ ފަރާތުގެ ނަން: |
އިނގިލީގެ ނިޝާން |
||
|
ލޯނަށް އެދޭ ފަރާތުގެ ސޮއި: |
|||
|
ތާރީޚު: |
|||
|
އޮފީސް ބޭނުމަށް |
||||||||
|
ކައުންސިލްގެ ފަރާތުން ކަށަވަރުކުރުމަށް |
އިޤްރާރު |
|||||||
|
|
ފޯމާއެކު އައި.ޑީ.ކާޑުގެ ކޮޕީ ހުށަހަޅާފައި |
|||||||
|
|
ފޯމު ހުށަހަޅާ ފަރާތަކީ 18 އަހަރުވެފައިވާ ފަރާތެއް |
|||||||
|
|
ފޯމު ހުށަހަޅާ ފަރާތަކީ ރަށުގައި ޤާއިމުވެ ދިރިއުޅެމުންދާ ފަރާތެއް |
|||||||
|
|
ފޯމު ހުށަހަޅާފައިވާ ފަރާތަކީ ހުއިފިލަނޑާގެ ކާނާ ގަތުމަށް މަހެއްގެ މައްޗަށް ކަނޑައަޅާފައިވާ މިންވަރަށް ޚަރަދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް |
|||||||
|
|
ލޯނު/ ލޯނުތަކުގެ މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ހިއްސާކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުން (ޖަދުވަލު 1 ގައިވައި ނަމޫނާ އެއްގޮތަށް) |
|||||||
|
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކަށަވަރުކުރުމަށް |
|
|||||||
|
|
ފޯމު ހުށަހަޅާ ފަރާތަކީ ބީ.އެމް.އެލް ގެ ލޯނެއް ނަގާފައިވާ ފަރާތެއް |
|||||||
|
|
ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު އަދާކުރަމުންދާ ފަރާތެއް |
|||||||
|
|
މި ވަގުތު އަދާކުރަމުންދާ ލޯނެއް ވާނަމަ ލޯނުގެ ޖުމުލަ އަދަދުގެ %50 އަދާކޮށް ނިންމާފައިވާ ފަރާތެއް |
|||||||
|
|
ލޯނު ނަގާފައިވާނަމަ އަދާކުރުމުގެ މުއްދަތުގައި ޖޫރިމަނާ ވެފައިވާނަމަ ވާތުގައިވާ ގޮޅީގައި ފާހަގަ ޖަހާށެވެ. |
|||||||
|
ފޯމު ބަލައިގަތް ފަރާތް |
|
|
||||||
|
ނަން: |
ކައުންސިލުގެ އިދާރާގެ ތައްގަނޑު: |
|||||||
|
މަޤާމު: |
||||||||
|
ސޮއި: |
||||||||
|
ތާރީޚު: |
||||||||
|
މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދޭ ފޯމު ބަލައިގަތްކަމުގެ ލިޔުން |
|||
|
ކައުންސިލުން ބަލައިގަތް ފަރާތުގެ: |
|
||
|
ނަން: |
ކައުންސިލުގެ އިދާރާގެ ތައްގަނޑު: |
||
|
މަޤާމު: |
|||
|
ސޮއި: |
|||
|
ތާރީޚު: |
|||
ޖަދުވަލު 1
........................................
ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މރ. އެންޑްރޫ ހީލީ އަށްއިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
.... ރަމަޟާން 1437..... ޖުލައި 2016
ޚާދިމުކުމް
...........
………
ބޭންކް އޮފް މޯލްޑިވްސް
މާލެ/ ދިވެހިރާއްޖެ
