ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަޤާމު |
ސީނިއަރ އެކައުންޓްސް އޮފިސަރ |
ކްލެސިފިކޭޝަން |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް/ |
MS3 |
ސަރވިސް |
މިޑްލް މެނޭޖްމަންޓް ސަރވިސް |
ޑިޕާޓްމަންޓް / ސެކްޝަން |
ފައިނޭންސް ޑިވިޜަން |
ބޭނުންވާ ޢަދަދު |
1 |
މުސާރަ |
މަހަކު -/7035 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ތަޢުލީމާއި ތަޖުރިބާ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަންގަވާގޮތެއްގެ މަތީން ތައްޔާރުކުރުން. 2- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް (މާލީބަޔާން) ތައްޔާރުކުރުމުގައި ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން ކުރިއަށް ގެންދިއުން. 3- މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގެ ބަޖެޓާއި އަދި ބަޖެޓާ ނުބެހޭ އެކައުންޓްތަކުން ކުރެވޭ ޚަރަދުތައް ބަލަހައްޓާ، އެ ޚަރަދުތައް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން. 4- މި މިނިސްޓްރީން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާ ޕޭމަންޓް ވައުޗަރއާބެހޭ ކަންކަން ބަލަހައްޓާ، ފައިސާ ދައްކަންޖެހޭ މުއްދަތަށް އެ ޕޭމަންޓް ވައުޗަރުތަކަށް ފައިސާ ދެއްކޭތޯ ބަލައި، ޖޫރިމަނާވާ ބިލްތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން އެ ބިލުތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިސާ ދެއްކޭތޯ ބަލައި، މި ކަންކަންކުރުމުގައި ދިމާވާ ދަތިތައް ބަލައި، އިޞްލާޙު ކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް، މިކަންކަން ރާވައި ހިންގުން. 5- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޕޯސްޓްކުރި ބިލްތަކުގެ ޖީ.އެލް ރިޕޯޓު ނަގައި ހިސާބުތައް ރިކޮންސައިލް ކުރުމާއި ޑެބިޓްނޯޓްތައް ރިކޮންސައިލްކުރުން. 6- ފައިނޭންސް ޑިވިޜަންގައިކުރާ މަސައްކަތްތައް ޓެންނޯލޮޖީ ބޭނުންކޮށްގެން ހަލުވިކޮށް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެފަދަ އިންތިޒާމްތައް ގާއިމުކުރަން މަސައްކަތްކުރުން. |
މަޤާމު |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ރޭންކް |
GS3 |
ސަރވިސް |
ޓެކްނިކަލް ސަރވިސް |
ސެކްޝަން/ޑިވިޜަން |
ފައިނޭންސް ޑިވިޜަން |
މުސާރަ |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ ޢަދަދު |
01 |
ތަޢުލީމާއި ތަޖްރިބާ |
1- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
19 ޖުލައި 2016 ވާ އަންގާރަ ދުވަހުގެ ދުވަހު 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/ އަމީރުއަހްމަދު މަގު) އަށް |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ). 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ). 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާއަދާކުރާ އޮފީހުގެ އިއުތިރާޒު ނުކުރާ ކަމުގެ ސިޓީ. 7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެ ތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތާއި އަދާކޮށްފައިވާ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ - މަސައްކަތު އަޚްލާޤު - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް. |
އިންޓަވިއު ކުރުން |
މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 25 ޖުލައި 2016 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެ މީހަކަށް އަންގާނަމެވެ. ނޯޓު: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން |
މި މަޤާމުގައި ވަޒީފާ އަދާކުރާމުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ. |
28 ރަމަޟާން 1437