ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ތ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ / ތ. އަތޮޅު މަދަރުސާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.   

މަޤާމުގެ ޝަރުޠު:                         

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމާ ގުޅޭ ދާއިރާތައް:

ހެލްތުގެ ދާއިރާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1- ދަރިވަރުންނަށާއި ސްޓާފުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ޞިއްޙީ ޕްރޮގްރާމްތައް ރާވައި ހިންގުން.

2- ދަރިވަރުންގެ ހެލްތު ޗެކަޕް ޕްރޮގްރާމް ރާވައި ހިންގުން.

3- ހެލްތު ރޫމް ބެލެހެއްޓުން.

4- ހެލްތު ރޫމުން ފަސްޓް އެއިޑް ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

5- ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެއާއި ފާޚާނާތަކުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ޗެކްކުރުން.

6- ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް އެހީތެރިވެދިނުން.

7- ދަރިވަރުންނަށް ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުން.

8- ކުރިއަށްއޮތް އަހަރު ސްކޫލްހެލްތު ޕްރޮގްރާމް ހިންގާނެގޮތުގެ ތާވަލް ތައްޔާރުކޮށް އެޑިޔުކޭޝަނަށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއު ކުރިއަށްގެންގޮސްގެން.

އިންޓަވިއު ކުރުން:

- އިންޓަވިއުކުރުމުގެ ކުރިން މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑްޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކުރައިޓީރިއާއެއްގެދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 11 ޖުލައި 2016 އާއި  14 ޖުލައި 2016 އާ ދެމެދު، ތ. އަތޮޅު މަދަރުސާގައެވެ.          

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތަކީ ސިވިލް ސަރވިސްގައި ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އެ މުވައްޒަފުގެ ވަޒީފާ މި ސްކޫލަށް ބަދަލުވުމާމެދު އިޢުތިރާޒް ނުކުރައްވާކަމުގެ ލިޔުން.

- ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތަކީ  ސިވިލް  ސަރވިސްއަށް  ނުވަތަ  ސަރުކާރަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، އެ މުވައްޒަފުގެ ވަޒީފާ މި ސްކޫލަށް ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ތ. އަތޮޅު މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ހަދަންޖެހޭ ގޮތް:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތ. އަތޮޅު މަދަރުސާގެ 7964995 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ