މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއަށް އެސިސްޓެންޓް ޑިރެކްޓަރެއް ބޭނުންވެގެން 28 ޖަނަވަރީ 2015 ގައި ކުރެވުނު ނަންބަރު A-294/2015/05 (އައިޔޫއެލް) އިޢުލާނާ ގުޅިގެން އެ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.    

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/2000 ރުފިޔާ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް /އިދާރާ:

މަނަދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ. މަނަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ އަސާސީ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރޮޖެކްޓް މެނޭޖްމަންޓް

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

1. ނ. މަނަދޫ ކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

2. ނ. މަނަދޫ ކައުންސިލް އިދާރާގެ ހިސާބުތަކާއި، ކައުންސިލުން ހިންގާ ވިޔަފާރިތައް އަހަރަކު އެއްފަހަރު އޮޑިޓްކޮށް ކަމާބެހޭ ރިޕޯޓް ކައުންސިލަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ހިންގުން.

3. ކައުންސިލުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި، ކައުންސިލް ހިނގާ ނުހިނގާގޮތް ބެލުމާއި، މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމާބެހޭ ކަންކަން ހިންގުން.

4. އިދާރާއިން ސަރުކާރުގެ އެކި އިދާރާތަކަށާއި، އެނޫންވެސް ފަރާތްތަކަށް ބޭނުންވާނެ ތަފާސްހިސާބުތައް އެއްކުރުމާއި، އެފަދަ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުމާބެހޭ ކަންކަން ހިންގުން.

5. ބޯހިމެނުމުގެ މަސައްކަތާ ގުޅިގެން ރަށު ކައުންސިލްގެ އިދާރާއިން ހިންގައި ބަލަހައްޓަންޖެހޭ ކަންކަން ހިންގުން.

6. އިލެކްޝަންސް ކޮމިޝަނުން އަންގަވާ ގޮތެއްގެމަތިން އެކިއެކި އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ ލިޔެކިޔުންތައް ލިޔުމާއި، އެފަދަ ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.  

7. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ހިނގާނުހިނގާގޮތް ބެލުމާއި، މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

8. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އިންތިޒާމުތައް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން. 

9. އިދާރާއިން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ ރަސްމީ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިންޓަވިއުއާއި      ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ  ދުވަހަކާއި ތަން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އެންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، ނ. މަނަދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

 

  • އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު ލިބެން ހުންނާނީ، ރަސްމީގަޑީގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޢުލޫމާތު ސާފުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6560029 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ