މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑު ފަރުމާކުރުމާ ގުޅޭ

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑު ފަރުމާކުރުމާ ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ފަރާތުން ކޮންމެ 2 އަހަރުން 1 އަހަރު އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑް ފަރުމާކުރުމަށް އާންމުކޮށް އިޢުލާން ކުރީމެވެ.

މި އެވޯޑަށް ހުށަހެޅޭ ޑިޒައިންތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް، އެވޯޑް ފަރުމާކުރެއްވިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑް ދިނުމުގެ ހަފުލާގައި ޚާއްޞަ އެވޯޑެއް ދެވޭނެއެވެ.

މި އެވޯޑް ފަރުމާކުރުމުގައި ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރުމާއެކު ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަންދެއްވަން ވާނެއެވެ.

1- ނުކުޅެދުންތެރިކަމަށް ރިޢާޔަތްކުރުމާއެކު ވަކި ޚާއްޞަ ނުކުޅެދުންތެރިކަމަކަށް ރިޢާޔަތް ނުކުރުން.

2- ދިވެހިވަންތަކަން ދައްކުވައި ދިނުން.

3- އޯގާތެރިކަމާއި، އަޅާލުން އަދި ލޯބި ރަމްޒުކޮށް ދިނުން.

މި އެވޯޑަށް ޑިޒައިން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ޑިޒައިން ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ (ގ.ބިއްލޫރިޖެހިގެ) އަށެވެ. ޑިޒައިން ހުށަހަޅުއްވާއިރު، ޑިޒައިން ހުށަހަޅުއްވާ ފަރާތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

28  ރަމަޟާން 1437

03 ޖުލައި 2016
ހޯދާ