މަރަދޫ ސްކޫލް
ދިވެހިރާއްޖެ
އިސްލާމް ޓީޗަރ

މަޤާމު:                        އިސްލާމް ޓީޗަރ

ބޭނުންވާ އަދަދު:                   01

ވަޒީފާ އޮތް އޮފީސް:                 މަރަދޫ ސްކޫލް

ގިންތި :                       ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         މަރަދޫ ސްކޫލް / މަރަދޫ، އައްޑޫސިޓީ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
  • ކިޔަވައިދޭން ކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ދެއްކުން.
  • މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.
  • ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައިވެސް ފަރުވާތެރިކަމާއެކު ބައިވެރިވުން.
  • ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން.
  • ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި، ސުލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • ލީޑިންގ ޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާނުތައް ހިންގުމާއި، އިމްތިޙާންކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ކިޔަވައިދޭ ސެޝަނުގެ ކްލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.
  • މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި ޤާބިލުކަން ހުރި އެންމެ މަތީދަރަޖައެއްގައި އެހީތެރިވެ، ކާމިޔާބީއަށް މަސައްކަތްކުރުން.
  • ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠު:                                 

މަޤަމުގެ ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640/-

2,500/-

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320/-

2,500/-

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100/-

2,500/-

CS15-2

 

 

 

 

 

 

 

 

 

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެންޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910/-

2,500/-

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަ ކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850/-

2,500/-

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360/-

2,500/-

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890/-

2,500/-

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ ނުވަތަ

8,440/-

2,500/-

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250/-

2,500/-

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840/-

2,500/-

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450/-

2,500/-

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070/-

2,500/-

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

އިންޓަރވިއު ކުރުން

  • މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި މަރަދޫ ސްކޫލުގައެވެ.  
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މަރަދޫ ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމުތަކަށް އެދިލައްވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މަރަދޫސްކޫލުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަރަދޫ ސްކޫލުގެ ނަންބަރު 6890941 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޖޫން 2016
ހޯދާ