ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޢިމާރާތްކުރަމުންގެންދާ 03 ކްލާސްރޫމަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް 20 ޖޫން 2016 ގައި ކުރެވުނު ނަންބަރު (IUL)GS-90/GS-90/2016/1003 އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނަށް ޢިމާރާތްކުރަމުންގެންދާ 03 ކްލާސްރޫމަށް، މިދަންނަވާ ފަރުނީޗަރުތައް ވަރަށް އަވަހަށް ގަންނަން ބޭނުމެވެ.
# |
ބާވަތް |
ބޭނުންވާ އަދަދު |
1 |
މުދައްރިސުންގެ މޭޒު |
03 |
2 |
މުދައްރިސުންގެ ގޮނޑި |
03 |
3 |
ވައިޓްބޯޑު |
03 |
4 |
ނޯޓިސްބޯޑު (ސޮފްޓް ބޯޑު) |
03 |
5 |
ކްލާސްރޫމް ކަބަޑު |
03 |
6 |
ޑަސްބިން |
03 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 13:30 |
2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 10:30 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.