ކަލާފާނު ސްކޫލް
ދިވެހިރާއްޖެ
ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މި ސްކޫލްގެ ނަންބަރު:KS_B/2016/07 ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާގުޅިގެން އެކަށީގެންވާ މިންވަރަށް އިޖާބަނުދިނުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށްފީމެވެ. ވީމާ، ކެންޓީން ހިންގައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 10 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 14 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.                

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ