ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ

އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވެލޮޕަރސް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ން ހަވީރު 02:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

މަހަކު: -/10,000 ރ. - -/12,500 ރ.

ޕާފޯމަންސް އެލަވަންސް: -/2،000 ރ. – -/2,500 ރ.

ފެންވަރު/ޝަރުޠު

  1. އޯ ލެވެލް
  2. އަމިއްލަ އިސްނެގުމާއެކު އެހެންމީހެއްގެ އެހީއާ ނުލައި ޕްރޮޑަކްޝަން ލެވަލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  3. އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  4. ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި އަދި ޚިދުމަތާ ގުޅިގެން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމްތައް ތައްޔާރު ކުރުން.
  2. އެ އިދާރާއަކުން އެއިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅައިފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރެވޭނޭ ގޮތަށް ސިސްޓަމްތައް ޑިވެލޮޕް ކުރުން.
  3. އެސް.އާރު.އެސް ޑޮކިޔުމަންޓާ އެއްގޮތަށް ސިސްޓަމް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާ ގުޅޭ ރެފަރެންސް.

ހުށަހަޅަންޖެހޭ ތާރީޚު:  މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ