މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ކ.ދޫނިދޫ ކަސްޓޯޑިއަލްގެ އިންޓަރވިއު ރޫމްތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • ކ.ދޫނިދޫ ކަސްޓޯޑިއަލްގެ އިންޓަރވިއު ރޫމްތަކުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ޖުލައި 03 ވާ އާދީއްތަ ދުވަހުން ފެށިގެން 2016 ޖުލައި 05 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 11:00 އިން 12:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަންފޮތެއްގެ އަގަކީ 100/-ރ (އެއްސަތޭކަރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓްކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 14:00ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • އެޑްވާންސް ޕޭމަންޓުގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
29 ޖޫން 2016
ހޯދާ