ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް (ޕީ.ޓީ.އޭ.ޕީ) (ސެލްފް ފައިނޭންސް ސްކީމް)

ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް (ޕީ.ޓީ.އޭ.ޕީ) 

(ސެލްފް ފައިނޭންސް ސްކީމް)

  • މިއީ މި ޑިޕާޓްމަންޓުގެ ނަންބަރު: (IUL)166-Schol/166/2016/52 އިޢުލާނު ބާޠިލުކުރުމަށްފަހު އަލުންކުރެވޭ އިޢުލާނެކެވެ.

ބެޗެލަރސް ޑިގްރީ

ކޯހުގެ ލެވެލް

- 20 އެމް.ބީ.ބީ.އެސް

- 05 ބީ.ޑީ.އެސް

ކޯހުގެ އަދަދާއި ދާއިރާ

އެމް.ބީ.ބީ.އެސް އަދި ބީ.ޑީ.އެސް

  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ (ސައިންސް ސްޓްރީމުގެ 3 މާއްދާ ހިމެނޭގޮތަށް) 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް/މެތަމެޓިކްސް މި  މާއްދާތަކުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. އަދި
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL ން 550 ން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 5.5 ން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި
  • މީގެއިތުރުން ކޯހުގައި ކިޔަވާ އިންސްޓިޓިއުޝަނުން ދެއްވާ އެންޓްރީ ޓެސްޓަކުން ފާސްވުން.

މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުޠުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުޠުތައްވެސް ފުރިހަމަ ވާންވާނެއެވެ.

1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 10 ޖުލައި 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

  ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން

  ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ، މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން

  ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ، މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

  ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތްކުރުމުގެ މި ޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާންގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެއެވެ.

ކޯހުގެ ޝަރުޠުތައް

  • މި ކޯސްތަކުގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޕީ.ޓީ.އޭ.ޕީ ގެ ފަރާތުންނެވެ.
  • މި ފުރުޞަތު ހުޅުވާލެވެނީ ޕާކިސްތާނުގެ ސަރުކާރުން ހިންގާ މެޑިކަލް ކޮލެޖްތަކުން އެކަންޏެވެ.
  • މި ކޯހުގެ ހުރިހާ ޚަރަދެއްކުރުމަށް ހަމަޖެހިފައިވަނީ ކޯހަށް ހޮވޭ ދަރިވަރުން އަމިއްލައަށެވެ. އަދި ދަރިވަރުން ބޭނުންވާނަމަ، މި ކޯހުގައި ކިޔެވުމަށް ކުރަންޖެހޭ ޚަރަދު ލޯނެއް ގޮތުގައި މި ޑިޕާޓްމެންޓުން ހަމަޖައްސައިދެވޭނެއެވެ.
  • ކޮލެޖްތަކުގެ ހޮސްޓަލް ފީއަކީ $150-$200 އާ ދެމެދުގެ އަދަދެކެވެ. (ކެއުމުގެ ޚަރަދު ނުލައި)
  • ތިރީގައި މިވަނީ މި ސްކޮލަޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފުރުޞަތުތަކުގެ އަދަދާއި އެ ފުރުޞަތުތަކަށް ކަނޑައަޅާފައިވާ ފީގެ މަޢުލޫމާތެވެ.

#

Course/Program

No. of Slots

Funding

1

M.B.B.S

20

tuition rate of $4000-5000 per year

2

B.D.S

05

tuition rate of $4000-5000 per year

  • މި ކޯސްތަކަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.
  • މި އިޢުލާންގައި ބަޔާންކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައިކުރެވޭ ކެންޑިޑޭޓުން، މި ޑިޕާޓްމަންޓްގެ  ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުން ކޮލިފައިކުރެވިދާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާންކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ދިވެހި ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ.
  • ބައިލެޓްރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ސްކޮލަރޝިޕްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓްކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕުގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯންއެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހަމައަށް ހުށަނާޅާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓު، ނޮމިނޭޝަން ހެދުމަށްފަހު މި ޑިޕާޓްމަންޓްގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓުގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށުގައި ލިޔެފައިވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.) 
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ/އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، އަދި ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް ހުންނަންވާނީ މިފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓުފިކެޓުތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފާމަކުން ތައްގަނޑުޖެހި އަސްލު.
  • ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާކަން ނުވަތަ CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވާކަން އަންގައިދޭ ލިޔުން.
  • އެމް.ބީ.ބީއެސް / ބީ.ޑީ.އެސް ހެދުމަށް ޝަރުޠު ހަމަވާކަން ބަޔާންކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދީފައިވާ ލިޔުން
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، ކޯހުގެ "ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކަށް" ވެސް ފުރިހަމަވާންޖެހޭ ޝަރުޠު، ނަންބަރު 01 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 10 ޖުލައި 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެ ބޮންޑް އޮތް ތަނަކުން އެމީހަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ، ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން އަދި މި ކޯހަށް ނޮމިނޭޓްވެއްޖެނަމަ، މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
  • ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ، އެޕްލިކޭޝަން ޑިސްކޮލިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

ސުންގަޑި: 2016 ޖުލައި 10 (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު، ސިޓީއުރައަށްލާ ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި ނަން، އެޑްރެސް، ސްކީމް އަދި ކޯހުގެ ނަން ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން 13:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341393 އިން ލިބިވަޑައިގަންނަވާނެއެވެ.

23 ޖޫން 2016
ހޯދާ