ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ އެޑިޔުކޭޝަނަލް ކިޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢަކީ މި މިނިސްޓްރީއާއި އ.ދގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާ ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޢިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާ ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.
މި މަޝްރޫޢުގެ ތެރެއިން އެނަރޖީ އެފިޝެންސީ އެޑިޔުކޭޝަން ކިޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން އެނަރޖީ އެފިޝެންސީ އެޑިޔުކޭޝަނަލް ކިޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުށް 28 އެޕްރީލް 2016 ގައި ކުރެވުނު ނަންބަރު: IUL)438-GGRS/438/2016/100) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއްކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަންތައް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:00 ކުރިންނެވެ.
ބީލަން ހުޅުވުން އޮންނާނީ ބީލަންތައް ހުށަހަޅާ ފާރަތްތަކުގެ ހާޒިރުގައި 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ޕްރޮކިޔުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 3018300 (960)+ 3018201 (960)+
އީމެއިލް : [email protected]
