|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
|
މަޤާމުގެ ރޭންކް:
|
އީ. އެކްސް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
|
މުސާރަ:
|
-/7,035 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
-/2,000 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2,462/25 ރުފިޔާ
|
|
އިތުރުގަޑީގެ ފައިސާ:
|
އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
|
|
ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:
|
މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ އަދަދު
|
01 ( އެކެއް )
|
|
ޝަރުޠު
|
- އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރާއްޖޭގެ ގޮނޑުދޮށްތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށް ސްޓްރެޖިޓިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން.
- ރަށް ގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވެ ހައްލުހޯދުން.
- ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ލިބޭ ގެންލުންތައް ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާއި ގުޅިގެން އެކަމަށް ފައިސާ ހޯދައި، މަޝްރޫޢު ހިންގުން.
- ގުދުރަތީ ގޮތުން އަދި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ދިވެހިރާއްޖޭގެ ރަށްތައް ގިރުމުން ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުތަކާއި ޕްލޭންތައް ހެދުން.
- ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓު އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާއި ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން. މީގެ އިތުރުން ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުން.
- ރަށް ގިރުމުގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެގްރީމަންޓާއި އެއާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ސޮއިކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.
- ކޯސްޓަލްޒޯން ޙިމާޔަތްކުރުމާބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް، ބެލެހެއްޓުން.
- މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ މިންވަރު.
- ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
| ހުށަހަޅަންޖެހޭ ތަކެތި: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
|
ސުންގަޑި:
|
2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
|
|
އިންޓަރވިއު:
|
އިންޓަރވިއުއާއި އިމްތިޙާން ކުރުން 13 ޖުލައި 2016 އާއި 24 ޖުލައި 2016 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
|
21 ރަމަޟާން 1437
|