ދިވެހިރާއްޖެ
މިހޮސްޕިޓަލަށް ކޭޝިއަރެއް ހޯދުމަށް 27 ޖޫން 2016 ގައި ގެޒެޓް ކުރެވިފައިވާ އިޢުލާނުގައި، އިޢުލާން ނަންބަރު ޖެހިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާންކުރަމެވެ.
މި ހޮސްޕިޓަލުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
| 
 މަޤާމު  | 
 ކޭޝިއަރ  | 
||
| 
 ބޭނުންވާ އަދަދު  | 
 01  | 
 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  | 
 ރޭންކް: GS3  | 
| 
 މުސާރަ  | 
 މަހަކު -/4465 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް  | 
 މަހަކު -/1500 ރުފިޔާ  | 
||
| 
 ޑިވިޝަން/ ސެކްޝަން  | 
 އައުޓް-ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ)  | 
||
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 މުލީ ރީޖަނަލް ހޮސްޕިޓަލް / މ. މުލި  | 
||
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް  | 
 1. ހޮސްޕިޓަލުން އަގު ނަގާ ޚިދުމަތްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން. 2. އިންޝުއަރެންސް ދަށުން ޚިދުމަތްދެވޭ ބަލިމީހުންގެ ބިލްތައް ތައްޔާރުކުރުން. 3. ފަރުވާ ލިބިގަތުމަށް ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތު ދިނުން. 4. ހޮސްޕިޓަލްގެ އޯޕީޑީ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.  | 
||
| 
 ތަޢުލީމާއި ތަޖުރިބާ  | 
 1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް  | 
  | 
||
| 
 ޢިނާޔަތްތައް  | 
  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
  | 
||
| 
 ސުންގަޑި  | 
 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހަށް.  | 
||
| 
 އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:  | 
 2016 ވަނަ އަހަރުގެ ޖުލައިމަހުގައި، މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފީހުގައި. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
||
| 
 އިތުރު މަޢުލޫމާތު  | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6720603 އެވެ. ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.  | 
||
25 ރަމަޟާން 1437
