މަޤާމުގެ ނަން:
|
މަސައްކަތު
|
މަޤާމުގެ ރޭންކް އަދި ކްލެސިފިކޭޝަން:
|
އެސް.އެސް. 1/ސަޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:
|
- ސްކޫލް އިމާރާތާއި ގޯތިތެރެއާއި، މަގާއި ގޯޅި ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށި ޖަހާފައިވާ އިމާރާތްތަކާއި ކްލާސްރޫމްތަކުގެ އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީގަޑީގައި ސްކޫލަށް ހާޒިރުވެ ކްލާސްރޫމްތައް ކުނިކަހައި، މޭޒުތަކާއި ގޮނޑިތައް ފޮޅައި ސާފުކުރުން. އަދި ސްކޫލުގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ފަންކާތަކާއި، މެޝިނަރީޒްތަކާއި މުވައްޒަފުންގެ މޭޒުތަކާއި ގޮނޑިތަކުން ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ބޯފެން އަޅާ ޓޭންކުތަކާއި، ފެންނަގާ ފުރާޅުތައް ދޮވެ ސާފުތާހިރުކުރުމާއި ރައްކާތެރިކާމާއެކު ބޯފެން ނެގޭނެ އިންތިޒާމުތައް ކޮށް ފެން ނަގައި ބެލެހެއްޓުން.
- ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކުރުން.
- ސްކޫލުން ބާއްވާ ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، އެކަންތައްތައް ނިމުމުން ކްލާސްރޫމްތައް އެތުރުން.
- ސްކޫލުން އަންގާ ގޮތެއްގެ މަތިން ބަގީޗާ ގަސްތައް ކޮށައި ގަސްތަކަށް ފެން ދީ ބެލެހެއްޓުން.
- ސްކޫލަށް އެކި ބޭނުންތަކަށް ގެންނަންޖެހޭ ތަކެއްޗާއި ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުމާއި ސްކޫލުން އަންގާ ގޮތެއްގެ މަތިން އެތަކެތި ގުދަންކުރުން.
- ސްކޫލުގެ އިމާރާތްތަކުގެ ދޮރުފަތްތައް ހުޅުވުމާއި، ލައްޕައި ތަޅުލުމާއި، އަދި ވޮޗަރު ނެތް ހާލަތެއްގައި ސްކޫލުގެ ބޭރު ދިއްލުންތައް ދިއްލައި ނިއްވަންޖެހޭ ގަޑިތަކުގައި ނިއްވުން.
- ހިރަފުސްބޯ ދުވަސްތަކުގައި ސްކޫލުގެ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް އުދަނގޫނުވާގޮތަށް ސްކޫލުގެ ގޯތިތެރެއަށް ފެންޖެހުން.
- ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތު އެހެން މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުޠު:
|
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތާއި ތަން:
|
މަޤާމަށް އިންޓަރވިއުކުރުން އޮންނާނެ ތާރީޚު މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ރަސްމީ 3 ދުވަސް ކުރިން ސްކޫލުން އަންގާނެއެވެ. މި މަޤާމަށް އިންޓަރވިއު ކުރުން އޮންނާނީ އިންނަމާދޫ ސްކޫލުގައެވެ.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި އިނާޔާތްތައް.
- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެ މަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ލިބިދެވޭ ޕެންޝަން ފައިސާ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 12 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންނަމާދޫ ސްކޫލު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު ރަސްމީގަޑީގައި އިންނަމާދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި އިންނަމާދޫ ސްކޫލުގެ 6580359 ނަންބަރު ފޯނާއެވެ.
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރެވޭނީ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް.
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
- ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވި ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. ( ސީވީ )
|