ދިވެހިރާއްޖެ
އިޢުލާން
ކޮންސަލްޓެންޓްއެއް ހޯދުމަށް ބޭނުންވެއްޖެ
އުފާ ޕްރޮގްރާމް އޮފީހަށް ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް 7 މަސްދުވަހަށް ކޮންޓްރެކްޓް އުސޫލުން 01 މުވައްޒަފު ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/148 އިޢުލާނުގައި ފެންވަރު ނުވަތަ ޝަރުޠު ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެވޭނެ ފަރާތްތަކުން 2016 ޖުލައި 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތް
މި ކޮންސަލްޓެންޓްގެ މައިގަނޑު މަސައްކަތަކީ ބިހޭވިއަރ މެނޭޖުމަންޓް ޕޮލިސީ ޑްރާފްޓްކުރުމާއި ފައިނަލައިޒު ކުރުމާއި އެ ޕޮލިސީ ސްކޫލްތަކުގައި ތަންފީޒު ކުރުމަށް ރާވާ ޕްލޭން ތައްޔާރުކުރުމާއި އަމިއްލައަށް މަރުވާ ކުދިންނާމެދު ސްކޫލްތަކުން ޢަމަލުކުރާނެ ގޮތުގެ އިރުޝާދުދީ މިންގަނޑު އެކުލަވައިލުމާއި އުފާ އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމްތައް (ދިރިއުޅުމުގެ ހުނަރުތައް ބީޓެކް ދަސްވާރު) ޑޮކިއުމެންޓް ކުރުމެވެ.
ފެންވަރު ނުވަތަ ޝަރުޠު
ފަސްޓް ޑިގްރީއިން ފެށިގެން މަތީ ސަނަދެއް އޮތުން
މުސާރައާއި އެލަވަންސް
މުސާރައާއި އިނާޔަތްތައް -/22,000 ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް
1- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
2- ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4- ސީވީ
ކޮންސަލްޓަންޓް ހޮވުމުގައި ބަލާނޭ ކަންކަން
ތަޢުލީމީ ފެންވަރު އަދި ތަޖުރިބާ
ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަވިއު
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403