ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މިސްކިތްތައް ބަލަހައްޓާނެ މަސައްކަތު މީހުން ބޭނުންވެއްޖެ

އިޢުލާން

ގދ. ރަތަފަންދޫ މިސްކިތްތަކުގައި ވަގުތީގޮތުން މިސްކިތްތައް ބަލަހައްޓާނެ މަސައްކަތު މީހުން ބޭނުންވެއްޖެ.

މަސައްކަތްކުރާ ތަން:      ގދ. ރަތަފަންދޫ މިސްކިތްތަކުގައި (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ މިސްކިތެއް)

ބޭނުންވާ އަދަދު:        05

މުއްދަތު:            ގދ.ރަތަފަންދޫ މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީ ނެގުމުން، ނުވަތަ ސަލާމް ބުނުމުން ނުވަތަ އާއިލީ ޒިންމާ ޗުއްޓީ ނެގުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި ވަގުތީގޮތުން މިސްކިތް ހަވާލުކުރުން

ކޮންޓްރެކްޓް ކުރެވޭ މުސާރަ: މަސައްކަތްކުރާ ގަޑިއަކަށް 22/29 ރުފިޔާ 

މަސައްކަތު ކުރަންޖެހޭ ގަޑި:  ދުވާލަކު 6 ގަޑިއިރު (ކޮންމެ ނަމާދަކަށް 30 މިނިޓް، 2:30 މިނިޓް މިސްކިތުގެ ގޯތިތެރެ ސާފުކުރުމަށް)

ޝަރުތު: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު

1- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިންނާއި ނަމާދުގެ ފަހުން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް ސާފުކުރުން

2- އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންގެވެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތައް ނުހިމެނެއެވެ.

3- މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން

4- އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށް ގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް އިދާރާއިން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިއްވުން.

5- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު/އިމާމަށާއި އިދާރާއަށް އަންގަމުން ގެންދިއުން.

6- އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސަވާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސް އިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން

7- މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ސްކޫލުގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ

5- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މިކައުންސިލް އިދާރާގެ ނަންބަރު: 6840016 އާ ގުޅުއްވުން އެދެމެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި: 14 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް

22 ރަމަޟާން 1437

28 ޖޫން 2016
ހޯދާ