ދިވެހިރާއްޖެ
މި ކުންފުނީގެ ތިލަފުށި ސައިޓުގައިހުރި ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މި ނީލަމާ ގުޅޭ ތަފުސީލު ތިރީގައި މިވަނީއެވެ.
-
ނީލަން ކިއުން އޮންނާނީ 2016 ޖުލައި 05 އަންގާރަ ދުވަހުގެ 11:00 ގައި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުގެ، ފުރަތަމަ ފަންގިފިލާ (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނުމަގު) ގައެވެ.
-
މި ތަކެތި ބެހެއްޓިފައިވަނީ އެމް.ޓީ.ސީ.ސީ ތިލަފުށި ސައިޓުގައެވެ.
-
މި ތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށީ ސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިންތިޒާމު ހަމަޖެހޭނެެއެވެ.
-
ނީލަން ކިޔަނީ ގާތްގަނޑަކަށް 400 ޓަނުގެ ބާދަގަނޑެވެ.
-
ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގައި ރަޖިސްޓަރީކުރެވި އަދި ސެކިއުރިޓީ ޑިޕޮޒިޓް -/50،000ރ (ފަންސާސް ހާސް) ރުފިޔާ، 2016 ޖުލައި 5 ވަނަ ދުވަހުގެ 11:00 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
-
ނީލަން ކިޔާނީ ހާޒީރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭ ވަރަށް އަނގަބަހުންނެވެ.
-
ނީލަން ފެށޭނީ ޓަނަކަށް -/1,000 (އެއްހާސް) ރުފިޔާގެ ރޭޓުންނެވެ. މި ދަގަނޑުތަކުގެ ޓަނޭޖް އެންމެ ފަހުން ބެލިއިރު ޖުމްލަ ހުރީ 400 ޓަނެވެ. ނަމަވެސް އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ފައިސާ ދައްކަވާ ނިމުނު ކަމުގައިވިޔަސް، މި ތަކެތި ގެންދަވާ އެންމެފަހު ދުވަހު، މި އަދަދަށް އަންނަ ބަދަލަށް އިޙްތިރާމުކުރަންވާނެއެވެ.
-
ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/300 (ތިންސަތޭކަ) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
-
ނީލަން ނިމޭތާ 36 ގަޑިއިރުގެ ތެރޭގައި ނީލަން ނިމުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
-
ނީލަން ނިމޭތާ 10 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުން ގެންގޮސް ނިންމަންވާނެއެވެ،
-
ދަގަނޑު ދޫކުރެވޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 15:00 އަށެވެ.
މި ނީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3001484/3001476 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.