ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިިމާރާތަކާއި 2 ޗިލް ކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ވިލުފުށީގެ ބަނދަރުގެ އުތުރުން 6000 އަކަފޫޓުގެ ގޯއްޗެއްގައި ހަދާފައިހުރި ޢިމާރާތަކާއި 2 ޗިލް ކޮންޓެއިނަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ތ. އަތޮޅުގެ ވިލުފުށި ހިމެނޭ ސަރަޙައްދަކީ ކަނޑުމަހުގެ މަސްވެރިކަން ރަނގަޅު ސަރަޙައްދަކަށް ވެފައި، މި ޢިމާރާތަކީ މަސް އައިސްކުރުމަށާއި، އައިސްކުރި މަހުގެ ކަލެކްޝަން ޕޮއިންޓެއް ހެދުމަށް އެކަށީގެންވާ ޢިމާރާތެއް ކަމުގައި ފާހަގަކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސްރޫމުގައި އޮންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން މަޢުލޫމާތު ސާފުކުރާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 9919166 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ރަމަޟާން 1437

27 ޖޫން 2016
ހޯދާ