މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ފާންތަރި އެވޯޑް 2016

އިޢުލާން

"މުލަކަތޮޅު ފާންތަރި އެވޯޑް 2016"

މި އަހަރު އަތޮޅުކައުންސިލުން މުޅި އަތޮޅަށް ހުޅުވާލެވިގެން މިދަންނަވާ ދާއިރާތަކަށް އަތޮޅު ފެންވަރުގައި "މުލަކަތޮޅު ފާންތަރި އެވޯޑް" ގެ ނަމުގައި އެވޯޑް ނައިޓެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެވޯޑް ދޭނެ ދާއިރާތައް ތިރީގައި މިވަނީއެވެ.

1- އަތޮޅުގެ ހިންމަތްތެރި ދަރިވަރު

2- އަތޮޅުގެ ތޫނުފިލި ދަރިވަރު

3- އަތޮޅުގެ ޝަރަފުވެރި ދަރިވަރު

4- ސްކޫލް ޕްރޮގްރެސިވް އެވޯޑް

5- ސްކޫލް އެޗީވްމަންޓް އެވޯޑް

6- އަތޮޅުގެ ކާމިޔާބު އެދުރު

7- އަތޮޅުގެ ޚިދުމަތްތެރި އެދުރު

8- ޖަމާޢަތަށް އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތް

9- އެންމެ ޚިދުމަތްތެރި ކުލަބް / ޖަމްޢިއްޔާ

10- އެންމެ ޚިދުމަތްތެރި ރަށު ކައުންސިލް

11- އެންމެ ޚިދުމަތްތެރި އ.ތ.މ ކޮމިޓީ

12- ޚާއްޞަ އިނާމު

މިގޮތުން ކޮންމެ ދާއިރާއަކަށްވެސް ނަން ހުށަހެޅުއްވުމަށް އެޕްލިކޭޝަންފޯމު ފުރުއްވުމަށްފަހު ހުށަހަޅަންވާނެއެވެ. އަދި މި އެޕްލިކޭޝަންފޯމު މުލަކަތޮޅު ކައުންސިލްގެ އިދާރާއިންނާއި، ރަށު ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަންފޯމު ފުރުއްވައި 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން "މުލަކަތޮޅު ފާންތަރި އެވޯޑް ކޮމެޓީ" އަށް އެޑްރެސްކޮށް އަތޮޅު ކައުންސިލަށް ނުވަތަ ރަށު ކައުންސިލްތަކަށް ހުށަހެޅުއްވުން އެދެމެވެ.

"މުލަކަތޮޅު ފާންތަރި އެވޯޑް" އާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ 6720600، 7777215 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. "މުލަކަތޮޅު ފާންތަރި އެވޯޑް" އަށް އެދި ހުށަހަޅާ ފޯމު ރަސްމީގަޑީގައި އަތޮޅު ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި މި އެވޯޑާބެހޭ އެންމެހައި މަޢުލޫމާތު މި އިދާރާގެ ވެބްސައިޓް www.meem.gov.mv އިން ލިބެން ހުންނާނެއެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ