ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ވެރިން ހޯދުމާ ގުޅޭ:
ރ. މާކުރަތު ޞިއްޙީ މަރުކަޒުގެ އުތުރުން އޮތް މަގު ހަދައި އެ ސަރަހައްދު ޕްލޭން ކުރުމަށް ބޭނުންވާތީ އެ މަގަށް އަރާ ރުއްގަހުގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެއެވެ.
މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ޞިއްޙީ މަރުކަޒުގެ އުތުރުން އިރަށް ދިލްސާދުގެ (ސަމަރވިލާ) ހަމައަށް އަދި ދިލްސާދުގެ (ސަމަރވިލާ) އިރުމަތީމަގު ދެކުނަށް ރޯޝަނީމަގާ ހަމައަށެވެ. މި ސަރަޙައްދުގެ މަގުތަކަށް އަރާ ރުއްގަހުގައި ހުދު ދަވާދުން ބަންދު އަޅައި ނަންބަރު ޖެހިފައިވާނެއެވެ. އަދި މި ރުއްގަހުގެ ލިސްޓު މި އިޢުލާނާއެކު އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ރުއްގަހުގެ ވެރިފަރާތެއްވާނަމަ، 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތުގެ ތެރޭގައި ވެރިޔަކު ސާބިތުކޮށްދެވިފައިނުވާ ރުއްގަސް ހުރިނަމަ، ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ރަމަޟާން 1437