ދިވެހިރާއްޖެ
އިޢުލާން
ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 150 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން:
ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ޢިމާރާތްކުރަމުންދާ 200 ފްލެޓުގެ ތެރެއިން ފުވައްމުލަކުގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 150 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު 2016 ޖޫން 28 އިން ފެށިގެން 2016 އޮގަސްޓު 4 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ. ފްލެޓަށް އެދިލައްވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ހުށަހަޅުއްވާނީ މި އިދާރާއަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 ޖުލައި 5 ން ފެށިގެން 2016 އޮގަސްޓު 18 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައެވެ.
މި ފުލެޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރަށު ކައުންސިލްތަކުގެ އިދާރާއިންނާއި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓް www.housing.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފޯމު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
23 ރަމަޟާން 1437