ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅުގެ ސްކޫލްތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުން:
މި އިދާރާއިން 9 މޭ 2016 ގައި ކުރި ނަންބަރު: (IUL)227-ID/227/2016/22 އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ތަކެތި ގަނެދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
# |
ތަފުސީލު |
ބޭނުންވާ އަދަދު |
1 |
55 އިންޗި ޓީވީ |
14 |
2 |
މިނީ ޕީސީ |
14 |
3 |
ނެޓްވާރކް ކޭބަލް ރޯލް |
5 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި އިދާރައިގެ ނަންބަރު 6540025، 6540038 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ރަމަޟާން 1437