ދިވެހިރާއްޖެ
އިޢުލާން
މަޤާމު: ސީނިއަރ އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: އެމް.އެސް 2
ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ : -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ގިންތި: ދާއިމީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ފައިނޭންސް ޑިވިޝަން/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން, މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
-
ޢާމްދަނީ ގޮތުގައި ލިބޭ ފައިސާ ބަލައިގަތުމާއި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ރިކޯޑު ދުވަހު ފޮތުގައި ލިޔެ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުމާއި، އެކައުންޓާބެހޭ އެންމެހައި ކަންކަން ކުރުމާއި، ހިސާބުތައް ބާކީކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
-
ޕެޓީކޭޝްގެ ގޮތުގައި ހުންނަ ފައިސާ އިން ޚަރަދުކުރުމަށް ރިކްއެސްޓް ލިބުމުން ޚަރަދު ކުރުމާއި، ބާކީ ބެލެހެއްޓުމާއި، ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕޭޓީކޭސްއަށް އަނބުރައި ހޯދަންޖެހޭ ފައިސާގެ ކަންކަން މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމާއި، މިކަމާގުޅޭ އެންމެހައި ކަންކަން ކުރުން.
-
މިނިސްޓްރީގެ ބޭނުމަށް ނެގޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެގުމާއި ހަވާލުކުރުވުމުގެ ކަންކަން ކުރުން.
-
މިނިސްޓްރީން ވިއްކާ ކިޔަވައިދޭ ތަންތަން ރަޖިސްޓަރީކުރާ ފޯމުތަކާއި، އަދި ފޮތްތައް ވިއްކުމުގެ އެންމެހައި ކަންކަން ކުރުން.
-
އާމްދަނީގެ ފައިސާއާއި، ވަގުތީގޮތުން ބަހައްޓާ ފައިސާއާއި، ބޭރުގެ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން ތިޖޫރީގައި ބަހައްޓާ ފައިސާ ބާކީކޮށް ތަފުސީލު ބެލެހެއްޓުމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހަފުތާއަކު 1 ފަހަރު ފޮނުވަންޖެހޭ ތިޖޫރީގައި ބަހައްޓާ ފައިސާގެ ރިޕޯޓު ނިމުނު ހަފުތާގެ ރިޕޯޓު ހިނގާ ހަފުތާގެ ފުރަތަމަ ދުވަހު ގަވައިދުން ފޮނުވުމުގެ މަސައްކަތް ކުރުން.
-
މިނިސްޓްރީގެ މުދަލާއި، ފައިސާގެ ހިސާބުތައް އޯޑިޓް ކުރަންޖެހޭ ފަރާތްތަކުން އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
-
މި ނޫނަސް އޮފީހުގެ އިސްވެރިން ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.
ޝަރުޠު:
1. އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
2.އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
3. އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ
4. އެކައުންޓްސް ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
އިންޓަރވިއު ކުރުން.
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 07 ޖުލައި 2016- 20 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ބ- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީ.މެލް އެޑްރެސްއާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖުލައި 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ރަމަޟާން 1437