މަޤާމު:
|
ކްރެޑިޓް އެނަލިސްޓް
|
ސެކްޝަން/ޑިވިޜަން:
|
ކްރެޑިޓް ގެރެންޓީ ޔުނިޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރު:
|
- އެކައުންޓިން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުމާއެކު ފައިނޭންޝަލް ސެކްޓަރގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުން.
- ވަޒީފާ ހަމަޖެއްސުމުގައި ކްރެޑިޓް ލެންޑިންއާ ގުޅޭ މަސައްކަތްކުރަށްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ކްރެޑިޓް ގެރެންޓީ ޔުނިޓަށް ލިބޭ އެޕްލިކޭޝަންތަކާއި ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމާއި ކްރެޑިޓް ގެރެންޓީ ސްކީމްގެ ފަރާތުން ހަދަންޖެހޭ ޕޭމަންޓްތަކާ ގުޅޭ މަސައްކަތްތަކާއި ކްރެޑިޓް ގެރެންޓީ ސްކީމްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
|
މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ކްރެޑިޓް އިންފޮމޭޝަން ޔުނިޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރު:
|
- އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ވަޒީފާ ހަމަޖެއްސުމުގައި އައިޓީ އިންފްރާސްޓްރަކްޗަރ، ނެޓްވޯކް ހާޑްވެއަރ އަދި ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ކްރެޑިޓް އިންފޮމޭޝަން ޔުނިޓުން ބަލަހައްޓަމުންދާ ޑޭޓާބޭސްއާއި ނެޓްވޯރކްގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމުގެ މަސައްކަތާއި ނެޓްވޯކްގެ ކޮންފިގަރޭޝަންތައް ބެލެހެއްޓުމާއި އެކަމަށް ބޭނުންވާ ސެކިއުރިޓީ މިންގަނޑުތައް ހަރުދަނާކޮށް ބެލެހެއްޓުން.
|
ވަޒީފާތަކަށް ކުރިމަތިލާ ފަރާތުގެ ހުނަރުވެރިކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުނަރުވެރިކަން:
|
- އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
- އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- "މައިކްރޯސޮފްޓް އޮފީސް" އަށް އަހުލުވެރިވެފައިވުން
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
- ރިވެތި އަދަބުތަކާއެކު މުޢާމަލާތް ކުރުމުގެ އާދަ އަށަގަނެފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ސްކޫލް ލީވިން ސެޓުފިކެޓުގެ ކޮޕީ (ލިބިފައިވާނަމަ)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.
|
ސުންގަޑި
|
2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް
|