ރީޖަނަލް އެއަރޕޯޓްސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓުގެ ކެންޓީނުގެ ވަށައި ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
                                އިޢުލާން
ފުވައްމުލަކު އެއަރޕޯޓުގެ ކެންޓީނުގެ ވަށައި ފެންސެއް ޖެހުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 11:00 އަށް ފުވައްމުލައް އެއަރޕޯޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6868688 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
22 ރަމަޟާން 1437
             27 ޖޫން 2016
            
        
                    ހޯދާ  
                
                 
                    