ދިވެހިރާއްޖެ
އިޢުލާން
މި އޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/32 އިޢުލާނާ ގުޅިގެން ތިންފަރާތަކުން ޝަރުޠު ހަމަވާ އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ޢަދަދު |
އައިޓަމް |
2 |
މޮނޯކްރޯމް ޕްރިންޓަރ (A3) |
2 |
ހެވީ ޑިއުޓީ ކުލަ ޕްރިންޓަރ (A4) |
2 |
ބޯޑަރލެސް ކުލަ ޕްރިންޓަރ (A4) |
ވީމާ، މިތަކެތި ވިއްކެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޖުލައި 4 ވާ ހޯމަ ދުވަހުގެ 14:00 އަށް މި އޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަދި 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޒިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަ ދެންނެވީމެވެ.
މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި ބިޑާބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/en/media/ago-announcements/procurement-announcements