މަޤާމު:
|
ލެކްޗަރަރ (ޝަރީޢާ / ލޯ)
|
ބޭނުންވާ ޢަދަދު: 1
|
މުސާރަ:
|
މަހަކު 12,687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5,437/50 ރުފިޔާ
|
ފުޑް އެލަވަންސް: މަހަކު -/1,800 ރުފިޔާ (ބިދޭސީންނަށް)
|
އެކޮމަޑޭޝަން ހަމަޖައްސައިދެވޭނެ (ބިދޭސީންނަށް)
|
އޮފީސް:
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
|
ސްޕައިން ޕޮއިންޓް:
|
40
|
މަޤާމުގެ ޝަރްޠުތައް:
|
1. ޝަރީޢާ ނުވަތަ ލޯ އިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން
އަދި
2. ޝަރީޢާ ނުވަތަ ލޯ އިން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވާރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުން.
- ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާ އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
- ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
- އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
- މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ޕާރޓްޓައިމް ލެކްޗަރަރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިޙާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
- ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
- އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއެކު މަސައްކަތް ކުރުން.
- ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަވައިޒް ކުރުން.
- މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އެހެނިހެން އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ޕާސްޕޯޓުގެ މުއްދަތު ހަމަނުވާ ކޮޕީ
- ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ސުންގަޑި:
|
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން މިޔުނިވަރސިޓީގެ [email protected] އަށް 3 ޖުލައި 2016 ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް ކުރެއްވުން އެދެމެވެ.
|