ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ އެނަލިސްޓް

އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ އެނަލިސްޓެއް ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިކަންހުރި ސޮފްޓްވެއަރ އެނަލިސްޓެއް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

02 (ދޭއް)

މަސައްކަތުގެ މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 މެންދުރުފަހުގެ 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/12,000 ރުފިޔާ

ފެންވަރު/ޝަރުޠު

  1. މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ރިކުއަރމަންޓް ޑޮކިއުމަންޓް ތައްޔާރުކުރުމާއި ސޮފްޓްވެއަރ ޓެސްޓް ކުރުމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ ރިކުއަރމަންޓް ޑޮކިއުމަންޓް ތައްޔާރުކުރުމާއި ސޮފްޓްވެއަރ ޓެސްޓް ކުރުމުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
  2. ސޮފްޓްވެއަރ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ހިމެނޭ އެކިއެކި މަރުހަލާތަކުގެ މަޢުލޫމާތު އެނގުމާއި އެކަމުގެ ތަޖުރިބާ ލިބިފައިވުން

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސިސްޓަމް ތައްޔާރުކުރުމަށް ބޭނުންވާ ޓެކްނިކަލް ރިކުއަރމަންޓް ލިޔެ، ޚިދުމަތް ދެވޭ މިންވަރު އަވަސްކޮށް ހަރުދަނާކުރުމަށް ސިސްޓަމް ރީ-އެންޖިނިއަރ ކުރުމާއި ރީ-ޑިޒައިންކުރަން އެނގުން.
  2. ތައްޔާރުކުރާ ސިސްޓަމަށް މީހުން އަހުލުވެރިކުރުމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލް ތައްޔާރުކޮށް ސިސްޓަމް ރޯލްއައުޓްކުރުން.
  3. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ވަނަވަރު (ސީވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ނުވަތަ އެޓެސްޓް ކޮށްފައިވާ)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 10 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް [email protected] ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334(960) ، ފެކްސް ނަންބަރު: 4004 334(960)

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

22 ރަމަޟާން 1437

27 ޖޫން 2016
ހޯދާ