ދިވެހިރާއްޖެ
ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފުލޫނިޔާގޯޅީގެ ލޭންޑްސްކޭޕިންގގެ މަސައްކަތް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
މަޢުލޫމާތު ދިނުން
2016 ޖޫން 29 ވަނަ ދުވަހުގެ 10:30 އިން 13:30އަށް
ޕްރީބިޑް މީޓިންގ
2016 ޖުލައި 3 ވަނަ ދުވަހުގެ 11:00 އަށް
ބިޑް ހުޅުންވުން
2016 ޖުލައި 10 ވަނަ ދުވަހުގެ 11:00 އަށް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
ފޯނު: 3004300 / 3004120
ފެކްސް: 3004301