މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނާގެ ޔަޤީންކަން ޕްރޮގްރާމަށް ގަސް އުފައްދާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގައި ކާބޯތަކެތި އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެމަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑްސެކިއުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމަށް ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ޕްރޮގްރާމުގެ ދަށުން 2016 ވަނައަހަރު ފ. ނިލަންދޫ، ފ. މަގޫދޫ، ފ. ފީއަލި އަދި ފ. ދަރަނބޫދޫގެ ގޭބިސީތަކަށް ގަސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މައިގަނޑު 5 ބާވަތެއް (އަލަ، ކައްޓަލަ، ބަނބުކެޔޮ، މުރަނގަ އަދި ފަތްކެޔޮ) ދިރުވާ އާލާކުރުމުގެ މަޤްޞަދުގައެވެ.

މުޑުވައްގަސް އުފައްދަން ބޭނުންވާ އަދަދު

 

ދަނޑިއަލުވި

މުރަނގަ ގަސް

އޮޅު އަލަ

ބަނބުކެޔޮ ގަސް

ފަތްކެޔޮ

ނިލަންދޫ

955

319

1274

319

319

ފީއަލި

638

213

851

213

213

މަގޫދޫ

373

124

497

124

124

ދަރަނބޫދޫ

252

84

336

84

84

ޖުމްލަ

2218

740

2958

740

740

މި ޕްރޮގްރާމަށް ބޭނުންވާ ގަސް ފޯރުކޮށްދިނުމަށް އެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ގަސްތައް އެއްފަހަރާ ފޯރުކޮށްދިނުމަށް ނުވަތަ ވަކިވަކި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމަށްވެސް އަންދާސީހިސާބު ހުށަހެޅިދާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމަށް ބޭނުންވާނެ ގަސްތައް ތައްޔާރުކޮށް ފޯރުކޮށްދެވޭނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • އަގު %70
  • މުއްދަތު %25
  • ތަޖުރިބާ %5

ވީމާ، ސުރުޚީގައިވާ ޕްރޮގްރާމްގެ ދަށުން ގަސް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 05 ވާ އަންގާރަދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

22 ޖޫން 2016
ހޯދާ