ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ޗައިލްޑްކެއަރ ސްޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

ޗައިލްޑްކެއަރ ސްޕަރވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގރ.1

ރޭންކް: GS3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ރިސްކު އެކުލެވޭ މަސައްކަތެއްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސްގެ ފައިސާ.

- ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސްގެ ފައިސާ.

ތަޢުލީމާއި ތަޖުރިބާ

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިން ބަލައިގަނެ، އެކުދިން ރަޖިސްޓަރީކޮށް، އެކުދިންގެ ޕަރސަނަލް ފައިލް ތައްޔާރުކުރުން.

2. ކޭސް ކޮންފަރެންސްތަކާއި ކުޑަކުދިންގެހިޔާގައި ބަލަހައްޓާ ކުދިންނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

3. ކުޑަކުދިންގެ ހިޔާގެ ބޭރުގައި ހިންގާ ހަރަކާތްތައް ސުޕަވައިޒްކޮށް އެހީތެރިވުން.

4. ކުދިން ބަލަހައްޓާ މީހުން (ޗައިލްޑް ކެއަރ ވޯކަރ) ގެ ޑިއުޓީ ޓޭބަލް ތައްޔާރުކޮށް، އެމީހުން މަސައްކަތަށް ނުކުތުމުގައި ދިމާވާ މައްސަލަތައް، ސެކްޝަން ހިންގުމާ ހަވާލުވެގެން ހުންނަވާ އިސްވެރިއެއްގެ މަޝްވަރާގެމަތިން ޙައްލުކުރުން.

5. ހިޔާގައި ތިބޭ ކުދިންގެ ދުވަހުގެ ހަރަކާތްކަމުގައިވާ، ކިޔެވުމާއި ކުޅިވަރާއި ހުސްވަގުތު އެކަށީގެންވާގޮތަށް ރާވައި، އެކުދިން ޢަމަލުކުރާނެ ޓޭބަލެއް ތައްޔާރުކޮށް، އެ ޓޭބަލާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި ސުޕަވައިޒްކުރުން.

6. ސްކޫލަށް ފޮނުވާ ކުދިންގެ ކަންތައްތަކާއި، ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދައިދިނުމާއި، ކެއިންބުއިމުގެ ކަންތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީއެއް.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކުޑަކުދިންގެ ހިޔާ (ވިލިނގިލި) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ ކުޑަކުދިންގެ ހިޔާގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693 އެވެ. ވަޒީފާއަށް އެދޭ ފޯމު ކުޑަކުދިންގެ ހިޔާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

20 ޖޫން 2016
ހޯދާ