މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސްގެކޮޅު 'ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ' އެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

އުސްގެކޮޅު "ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" އެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ފުރަތަމަފަހަރު އިޢުލާން ކުރެވުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން މިފުރުޞަތު ހުޅުވާލަމެވެ. 

ޕްރޮޕޯޒަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް "ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް" (އާރ.އެފް.ޕީ) 4 ޖުލައި 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އާ ދެމެދުގެ ވަގުތުތަކުގައި، މިމިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޕްރޮޕޯޒަލް މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 11 ދުވަހުގެ 12:00 އެވެ. ޕްރޮޕޯޒަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "އުސްގެކޮޅު "ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ" ގޮތުގައި ތަރައްޤީކޮށް ހިންގުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ