މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުލޭގެ އިރުމަތީފަރާތު ފަޅުތެރޭގައި، ސީޕްލޭން ޖައްސާ ސަރަޙައްދުގައި އަޅާފައިހުރި އުޅަނދުފަހަރު އެސަރަޙައްދުން ނެގުމާބެހޭ

ހުޅުލޭގެ އިރުމަތީފަރާތު ފަޅުތެރޭގައި، ސީޕްލޭން ޖައްސާ ސަރަޙައްދުގައި އަޅާފައިހުރި އުޅަނދުފަހަރު އެސަރަޙައްދުން ނެގުމާބެހޭ

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (INIA) ގައި، ސީޕްލޭން ޖައްސާ ސަރަޙައްދަށް ޚާއްޞަ ކުރެވިފައި އޮންނަ އިރުމަތީފަރާތު ފަޅުތެރޭ ސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރާ ހެދި ނުރަައްކާތެރި ޙާދިޘާތައް ހިނގުމަށް ވަނީ މެދުވެރިވެފައެވެ.

މީގެ އިތުރުން އާ ރަންވޭ އެޅުމަށްޓަކައި އެސަރަޙައްދު ހިއްކުމުގެ މަސައްކަތް ޖުލައިމަހު ފެށޭނެއެވެ.

ވީމާ، މި ސަރަޙައްދު ހުސްކުރެވެން އަންނަނީ އުޅަނދުފަހަރުގެ ވެރިންގެ އެއްބާރުލުމާ އެކުގައިކަން ފާހަގަ ކުރަމެވެ.

މިކަމާ ގުޅިގެން މިކުންފުނިން ވާނީ 23 މާރިޗު 2014، ނަންބަރު:116-CDO/IL/2014/31  އަދި 14 މޭ 2015، ނަންބަރު: 116-CDO/IL/2015/24 ގައިވެސް އިޢުލާން ކުރެވިފަައެވެ.

މީގެ އިތުރުން INIA ގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ސީޕްލޭން ސަރަޙައްދު ބަންދުކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތް ފެށެން އަންނަނީ މި ސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު ނަގައި އެތަން ހުސްކުރުމުންކަމަށްވެސް ދަންނަވަމެވެ.

ވީމާ، ހުޅުމާލޭގެ ދެކުނު ނެރުން ފެށިގެން އެސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު 10 ޖުލައި 2016 ގެ ނިޔަލަށް  ނެގުމަށް އަންގައި އިޢުލާން ކުރަމެވެ.

18 ރަމަޟާން 1437

26 ޖޫން 2016
ހޯދާ