ދިވެހިރާއްޖެ
އިޢުލާން
1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެ:
މި އިދާރާއަށް ބްރޭންޑް ނިއު ނުވަތަ ރިފަރބިޝްޑް (1.5 ޓަނުގެ) ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. މި ޕިކަޕް ވިއްކުމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ ބްރޭންޑް ނިއު ނުވަތަ ރިފަރބިޝްޑް ތަކެތީގެ އަގު އަދި ސްޕެސިފިކޭޝަން ވަކިން އެނގޭގޮތަށެވެ.
އަންދާސީހިސާބު އިވެލުއޭޓްކުރެވޭ ގޮތުގެ ތަފުސީލު
އަގަށް: 80 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކްސް ލިބޭ އުސޫލުން)
މުއްދަތު: 10 ޕޮއިންޓް (އެންމެކުރު މުއްދަތަށް ގިނަ މާކްސް)
ތަޖުރިބާ: 10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް ބެލެވޭނެއެވެ.)
ހުށަހަޅަންވީ ތަކެތި:
- ޕިކަޕް ވިއްކޭނެ އަގު
- ސަޕްލައިކޮށްދޭނޭ މުއްދަތު
- ޓެކްނިކަލް ސްޕެސިފިކޭޝަން
- ވޮރެންޓީ އޮތްކަމުގެ ލިޔުން
- ކުންފުނީގެ މަޢުލޫމާތު (ޕްރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން) އެހެން ފަރާތްތަކަށް ޕިކަޕެއް ވިއްކާފައިވާނަމަ، ވިއްކިކަމުގެ ލިޔުން، ޖީ.އެސް.ޓީ ކޮޕީ އަދި މާލީ ޤާބިލުކަން އަންގައިދޭ ލިޔުން.
ވީމާ، މި އިދާރާއަށް ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަނުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، 7509075 އަދި 7998045 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
21 ރަމަޟާން 1437