ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ތަރިކައިގެ ލިސްޓަށް ހިރިގަލު މިސްކިތް އެރުވުމުގެ ޕްރޮޖެކްޓް

މަޤާމް :ޕްރޮޖެކްޓް ކޮންސަލްޓެންޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ހިރިގަލު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ ނޮމިނޭޝަން ޑޯޒިއާ ތައްޔާރު ކުރުމުގެ ޕްރޮޖެކްޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ކުރެވުނު ނަންބަރު: (IUL)222-AH/INDIV/2016/28 (29 މޭ 2016) އިޢުލާނަށް ޝަރުޠު ހަމަވާ މީހުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ޕްރޮޖެކްޓް ކޮންސަލްޓެންޓް

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

-/25,000 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރު

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

ހަފުތާއަކު 15 ގަޑިއިރު

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

 

- ތަރިކައާ ގުޅުންހުރި ދާއިރާއަކުން ނުވަތަ އާކިޓެކްޗަރުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަރިކައާ ގުޅުންހުރި ދާއިރާއަކުން ނުވަތަ އާކިޓެކްޗަރުގެ ދާއިރާއެއްގައި މަދުވެގެން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއެކު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.

- މާއްދީ ތަރިކަތަކާ ގުޅުންހުރި ތާރީޚީ މަޢުލޫމާތުތައް ދިވެހިބަހާއި އިނގިރޭސިބަހުން ހާމަކޮށްދެވޭ ފަރާތަކަށްވުން.

- ތަރިކައާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހިންގާ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ މަޝްރޫޢަށް ބޭނުންވާ ފަންނީ ލަފާ ދިނުން.
  2. ލިސްޓުގައި ހިމެނޭ ކޮންމެ މިސްކިތެއްގެ އާކިޓެކްޗަރަލް ކުރެހުންތަކުގެ ސްޓަޑީ ހެދުން   
  3. އާކިޓެކްޗަރަލް ކުރެހުންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުވުން
  4. ކޮންމެ ސައިޓެއްގެވެސް ބަފަރ ޒޯން ކަނޑައެޅުމުގެ މަސައްކަތް ކުރުން
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބާ ގުޅޭގޮތުން ދިރާސާތައް ކުރުން.
  6. އެހެން ޤައުމުތަކުގައި ހުރި މިފަދަ ބިނާތަކާއި އަޅާކިޔައި ކޮމްޕެރޭޓިވް އެނެލިސިސް ތައްޔާރުކުރުން
  7. ދިވެހިރާއްޖެ އުފެދުނުގޮތާއި މީހުން އާބާދުވިގޮތާއި ދީނާއި ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ހިރިގަލު މިސްކިތްތައް މަޝްރޫޢަށް ބޭނުންވާ ދިރާސާތައް ކުރުން. 
  8. ދިވެހިރާއްޖޭގެ ޝާހީ ދަރިފަސްކޮޅު ދެމިގެން އައި ގޮތާއި ދިވެހިރާއްޖޭގައި ފެންނަން ހުރި ހިރިގަލު މިސްކިތްތަކާ ހުރި ގުޅުމާ ބެހޭގޮތުން ދިރާސާތައް ކުރުން.
  9. ދިވެހިރާއްޖޭގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ހިރިގަލު ވަޑާމުގެ މަސައްކަތްތެރިކަމާއި، ލިޔެލާޖެހުމާއި ލަކުޑީގެ މަސައްކަތްތެރިކަން އެދުވަސްވަރު ކޮށްފައިވާ ގޮތާއި މިމަސައްކަތްތަކަށް ބޭނުން ކޮށްފައިވާ އާލާތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން.
  10. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބާ ގުޅޭގޮތުން ދިރާސާތައް ކުރުން.
  11. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި ޤަބޫލުކުރެވުނު ޤަބޫލުކުރެވުންތައް އަދި މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ޤަބޫލުކުރުންތަކާ ހުރި ގުޅުން ހޯދުމަށް ކުރަންހުރި ދިރާސާތައް ކުރުން.
  12. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، ނޮމިނޭޝަނަށް ބޭނުންވާ ޑޮޒިއަރ އިންޓަރނޭޝަނަލް ކޮންސަލްޓެންޓާ ގުޅިގެން ތައްޔާރުކުރުން.
  13. އިސެސްކޯ ކަލްޗަރަލް ކެޕިޓަލް ސިޓީ ޕްރޮގްރާމުގެ ދަށުން ދިވެހިރާއްޖެއިން ހިންގަން ކަނޑައަޅާ ހަރަކާތްތައް ރޭވުން.
މަޤާމް :ޕްރޮޖެކްޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޕްރޮޖެކްޓް ޑިރެކްޓަރ

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

-/25,000 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރު

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:30 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

- ތަރިކައާ ގުޅުންހުރި ދާއިރާއަކުން ނުވަތަ ލިންގުއިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން

- ތަރިކައާ ގުޅުންހުރި ދާއިރާއަކުން ނުވަތަ ލިންގުއިސްޓިކްސް ދާއިރާއަކުން މަދުވެގެން 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢު ބަލަހައްޓައި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހައި މަސައްކަތްތަކެއް ކުރުވުން.    
  2. ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަޝްރޫޢު ހިންގަން ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރުން 
  3. ޕްރޮޖެކްޓަށް ހިނގާ ޚަރަދުގެ ތަފުސީލު ލިޔެ ބެލެހެއްޓުމުގައި ފައިނޭންސް ޔުނިޓަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދީ އެ މައުލޫމާތުތައް ރިކޯޑުކޮށް ބެލެހެއްޓުން
  4. ޕްރޮޖެކްޓާ ގުޅިގެން ލިޔަންޖެހޭ ރިޕޯޓުތައް ލިޔެ ތައްޔާރުކުރުން.
  5. ޕްރޮޖެކްޓް ހިންގުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ދިނުން.  
  6. ޕްރޮޖެކްޓް ހިންގުމުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން
މަޤާމް :ޕްރޮޖެކްޓް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ޕްރޮޖެކްޓް އޮފިސަރ

ސެކްޝަން:

ހެރިޓޭޖް ސެކްޝަން

މުސާރަ:

-/8,500 ރުފިޔާ

މަސައްކަތުގެ މުއްދަތު:

01 އަހަރު

ބޭނުންވާ އަދަދު:

01

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ރަސްމީ މަސައްކަތު ގަޑި:

08:00 އިން 14:00 އަށް

ވަޒީފާގެ ގިންތި:

ވަގުތީ

މަޤާމުގެ ޝަރުޠު:

1. ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަރިކައާ ގުޅުންހުރި ދާއިރާއެއްގައި 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަރިކައާ ގުޅުންހުރި ދާއިރާއެއްގައި 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަރިކައާ ގުޅުންހުރި ދާއިރާއެއްގައި 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ކުރުން.
  2. ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢަށް ބޭނުންވާ ތާރީޚު ދިރާސާކުރުމުގެ މަސައްކަތް ކުރުން.
  3. ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢަށް ބޭނުންވާ އާކިޓެކްޗަރަލް ދިރާސާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  4. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  5. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މިފަދަ ބިނާތަކާ އަޅައި ކިޔުން.
  6. ހިރިގަލު މިސްކިތް ޕްރޮޖެކްޓާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  7. ޕްރޮޖެކްޓާ ގުޅިގެން ލިޔަންޖެހޭ ރިޕޯޓުތައް ލިޔެ ތައްޔާރުކުރުން.
  8. ހިރިގަލު މިސްކިތް ޕްރޮޖެކްޓުގެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
  9. ޕްރޮޖެކްޓް ހިންގުމުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓްކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުމެއްގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުންތަކުގެ ކޮޕީ (މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި)

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

މިމަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާ ގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 07 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެފޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު:

2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާނދަނީމަގު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ