މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކު އެމް.ޖޭ.އެމް ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން އަދި ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް- ޕެކޭޖް S

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ވެރިފަރާތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ޏ.ފުވައްމުލަކު އެމް.ޖޭ.އެމް ސްކޫލް މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-65

-/50,000ރ

ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތް

މިނިސްޓްރީ އޮފް ހެލްތް

TES/2016/W-64

-/80,000ރ

 2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަންވާނެއެވެ.

 3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

   GC01-2 ,GC01-1 އަދި GC01-03

 4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 23 ޖޫން 2016 އިން 17 ޖުލައި 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް (ރަމަޟާންމަހުގެ 10:30 އިން 13:30 އަށް) މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 6. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖޫން 29 ވާ ބުދަ ދުވަހުގެ 10:30 ގައި، މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 7. ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

   އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

   ފޯން: 3349191       3349296

   ފެކްސް: 3320706       3324432

   އީމެއިލް: [email protected]

   ކޮޕީ: [email protected]

22 ޖޫން 2016
ހޯދާ