ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި. ސީ. ޓީ. ޓްރެއިނަރ

އިޢުލާން

ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓަށް މީހުން ބޭނުންވެއްޖެ:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ހިންގާ ކޮމިއުނިޓީ އީ – ސެންޓަރ ޕްރޮޖެކްޓުގައި މަސައްކަތްކުރާނެ، ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިކަންހުރި މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ މަޤާމު:

އައި.ސީ.ޓީ ޓްރެއިނަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހުގެ 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު ހަތަރެއްޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/7،500 ރުފިޔާ

ފެންވަރު/ޝަރުޠު

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުމާއި، ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރެވުން.

(މިމަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އަސާސީ ތަމްރީނުތައް ކޮމިއުނިޓީ އީ-ސެންޓަރ އޮޕަރޭޓްކުރާ ފަރާތްތަކަށާއި ރަށު ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިނުން
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ އަސާސީ ތަމްރީނުތައް އާންމު ރައްޔިތުންނަށް ދިނުން
  3. ޓްރޭނިންގތައް ހަމަޖައްސައި ހިންގުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ކުރުން
  4. ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާ ގުޅޭގޮތުން، ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ބެލެހެއްޓުން
  5. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:  މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 04 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ (960) 334 4000 މި ނަންބަރަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000 ، (960) 334 4004 ފެކްސް ނަންބަރު:

އީމެއިލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ